ބޮލީވުޑް ފިލްމުތަކަށް ކާމިޔާބު ޖުލައި މަހަކަށް ފަހު، ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމުތަކުގެ ލައިނަޕަކާއެކު އޮގަސްޓް މަހަކީ ހަމަ އެހާމެ ފޯރިގަދަ މަހަކަށް ވާނެ އެވެ. ގަދަރް 2 އާއެކު ގައުމީ ލޯބި ދައްކުވައިދޭން ސަނީ ޑިއޯލް އެނބުރި އައުމާއި، އޯއެމްޖީ 2 ގެ ހެއްވާ މަޖާކަމާއި އަޔުޝްމާން ޚުރާނާ ލީޑްކުރާ ޑްރީމްގަރލް 2 ފަދަ ފޯރިގަދަ ބައެއް ރިލީޒްތައް އެބަހުއްޓެވެ.
ސަނީ ޑިއޯލްގެ އައިކޮނިކް ހެންޑްޕަމްޕް މަންޒަރު ގެ ފޭނެއްނަމަ އިންތިޒާރަށްމިވަނީ ނިމުމެއްއައިސްފައެވެ. ތާރާ ސިންގް އެނބުރި އައިސްފައިމިވަނީ އޭނާގެ ސަކީނާ އާއި ޖީޓޭ އާއެކުގައެވެ. އަނިލް ޝަރްމާ ޑައިރެކްޓްކޮށްފައިވާ ގަދަރު 2 އިން 1971 ވަނަ އަހަރު ދައްކުވައިދޭއިރު، ތާރާ ސިންގް އޭނާގެ ދަރިފުޅު އަނބުރާ ގެނައުމަށް ޕާކިސްތާނުގެ ލާހޯރަށް ދަތުރުކުރާ މަންޒަރު ދައްކުވައިދެ އެވެ. މިފިލްމުގައި ސަނީ ޑިއޯލްއާއިއެކު އަމީޝާ ޕަޓޭލް ސަކީނާގެ ރޯލުން ފެނިގެންދާނެއެވެ.
ރިލީޒްކުރާނެ ތާރީޚް: އޮގަސްޓް 11
ޕާރޭޝް ރާވަލް އަދި އަކްޝޭ ކުމާރަކީ އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ ދެމީހުންނެވެ. މިދެމީހުންގެ މަޖާ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް އޯއެމްޖީ ވެގެންދިޔައީ މަޖާފިލްމަކަށެވެ. ނަމަވެސް އޯއެމްޖީ 2 ގައި ޕަރޭޝް ރާވަލް އެއް ނޫޅެއެވެ. މިފިލްމުގައި ޕަންކަޖް ތްރިޕާޓީ އަދި ޔާމީ ގޯތަމް ފެނިގެންދާނެއެވެ.
ރިލީޒްކުރާނެ ތާރީޚް: އޮގަސްޓް 11
ލީޑު ރޯލުން ނުޝްރަތް ބަރުޗާ ފެނިގެންދާ އަކޭލީ އަކީ އޭނާގެ ހާލަތުގެ ސަބަބުން ނުރައްކާތެރި ދުނިޔެއެއްގެ ތެރެއަށްދާ އަންހެން ކުއްޖަކު މިނިވަންވުމަށް ކުރާ މަސައްކަތުގެ ހިތްދަތި ވާހަކައެކެވެ .
ރިލީޒް ކުރާނެ ތާރީޚް: އޯގަސްޓް 18
ގޫމަރަކީ ތަފާތު ކްރިކެޓް ފިލްމެކެވެ. މި ފިލްމަކީ ހަންގޭރީގެ" ރައިޓް ހޭންޑް" ޝޫޓަރު ކެރޮލީ ޓަކަކްސް އަށް އިންސްޕަޔަރ ވެގެން ހަދާފައިވާ ފިލްމެކެވެ. އޭނާގެ ވާތަށް ވަރަށް ބޮޑަށް އަނިޔާވުމުން ކަނާތް އެކަނި ބޭނުންކޮށްގެން އޮލިމްޕިކްސްގެ ދެ ރަން މެޑަލް ހޯދި އެވެ. ފިލްމުގައި ސައިޔާމީ ޕެރެޕްލެޖިކް ސްޕޯޓްސްޕާސަންއެއްގެ ރޯލުން ފެނިގެންދާއިރު އަބިޝެކް ބައްޗަން ކުޅެފައިވަނީ ހަރުކަށި ކްރިކެޓް ކޯޗެއްގެ ރޯލެވެ.
ރިލީޒް ކުރާނެ ތާރީޚް: އޯގަސްޓް 18
2019 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު ޑްރީމް ގާލްގެ ސީކުއެލް އެންމެ ފަހުން ނިމިފައިވާއިރު، އަޔުޝްމާން ޚުރާނާ އަލުން ކުޅެނީ އެންމެންގެ ވެސް އެންމެ ގަޔާވާ ޓެލެކޯލަރ ޕޫޖާގެ ރޯލެވެ. މިފިލްމުގައި ޕަރީގެ ރޯލުން އަނަންޔާ ޕާންޑޭ ފެނިގެންދާނެއެވެ.
ރިލީޒް ކުރާނެ ތާރީޚް: އޯގަސްޓް 25
