ކައިލާން ޓްރެންޑްސްގެ އަހަރީ ދުވަހާއި ގުޅުވައިގެން ކައިލާން ޓްރެންޑްސް ގެ ފަރާތުން ކުރިއަށް ގެންދާ ކައިލާން ޓްރެންޑްސް އެނުއަލް ޕްރޮމޯޝަން ވަރަށް ހޫނު ތަރުޚީބެއް ލިބެމުން އެބަދެއެވެ. މިހާރު ކުރިއަށްދާ މި ޕްރޮމޯޝަނަކީ ކައިލާން ޓްރެންސް އިން ވިއްކާ ހުރިހާ މުދަލަކުން %50 ގެ ބޮޑު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ. މިއީ ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހު ކައިލާން ޓްރެންޑްސް އިން ބާއްވާ ޚާއްސަ ސޭލެކެވެ. އެހެންކަމުން މިއީ ކައިލާން ޓްރެންޑްސްގެ ދާއިމީ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އަދި އެދުވަހަކަށް ވަރަށް ބޮޑު އިންތިޒާރެއް ކުރެވޭ ދުވަހަކަށް ވަނީ ވެފައެވެ.
މިއަދު މެންދުރު 2.00 އިން ފެށިގެން މިރޭގެ 10:00 އަށް ކުރިއަށް ގެންދާ މި ސޭލުން ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކުން ވަނީ ކައިލާން ޓްރެންޑްސްގެ ބޭރުގައި ދިގު ކިއުއެއް ހަދާފައެވެ. 
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ކައިލާން ޓްރެންޑްސްގެ މި ޕްރޮމޯޝަނަށް ވަރަށް ގިނަ ބަޔަކު ވަނީ ޒިޔާރަތްކޮށް ތަކެތި ގަނެފައެވެ. އަދި މި ވަގުތުވެސް ފިހާރައާއި ފިހާރަ ކައިރީގައި ގިނަ ބަޔަކު އެބަ ތިއްބެވެ.

ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ފިހާރައިގެ ފަރާތުންވަނީ ވަކި ވަރަކަށް ވުރެ އިތުރަށް ފިހާރަ ތެރެއަށް މީހުން ވަނުން ކޮންޓްރޯލްކޮށް ކިއުގައިވެސް މީހުން ތޮއްޖެހުން ކުޑަ ކުރުމަށް މަސައްކަތް ކުރަމުންނެވެ،