އެކިއެކި މުޢާމަލާތްތަކުގެ ސަބަބުން ހައިރާން ކުރުވަނިވި ބަދަލުތަކެއް އުފެދިދާނެ ބައެއްތަކެތި، މިއަދުގެ ދުނިޔެއިން އަޅުގަނޑުމެނަށް ފެންނަމުން ދެއެވެ. މީގެތެރެއިން ކުދިން ކުޅެން ބޭނުންކުރާ ސާމާނުގެ އިތުރުން އާންމު ދިރިއުޅުމުގައި ބޭނުންހިފޭ ބައެއްތަކެތިވެސް ހިމެނެއެވެ.  މިއީ ސައިންސްވެރިންގެ ކުޅަދާނަކަމުގެ ތެރެއިން އެމީހުން ހޯދާފައިވާ އަޖައިބުކުރަނިވި ހޯދުންތަކުގެ ނަތީޖާއެވެ. 

ގިނަ ފަހަރަށް ކުޑަކުދިންގެ ޕްލޭސެޓްތަކާއި ކިޓްތަކުން ފެންނަ ފެނުގައި ޖެހުމުން އެކްޓިވޭޓްވާ ކުޅޭ އެއްޗެހިތަކަކީ އަހަރެމެން ކުޅެންބޭނުންކުރުމުން ބޮޑުވާ ބައެއްތަކެތީގެ މޮޅު މިސާލެކެވެ. މި ކުޅޭ އެއްޗެހި ފެށެނީ ކުދިކުދި، ޑީހައިޑްރޭޓެޑް ފިގަރސް ނުވަތަ ބައްޓަންތަކެއްގެ ގޮތުގައެވެ. ފެނަށް ހުށަހެޅިއްޖެނަމަ އެތަކެތީގެ ތެރެއަށް ފެންވަދެ ފުޅާވެ، އަސްލު ސައިޒަށްވުރެ އެތައް ގުނައެއް ބޮޑުވެއެވެ. މި ފުޅާވުން ދިމާވަނީ ފެނުގެ މޮލިކިއުލްތައް އޭގައި ހިފެހެއްޓޭ ޕޮލިމަރސް ތަކެއް ހުރުމުންނެވެ. ކުޅޭ އެއްޗަށް ފެން ވަންނަ ވަރަކަށް ޕޮލިމަރސް ފުރި، އޭތީގެ ސައިޒު ބޮޑުވަމުން ދެއެވެ. މިއީ މީގެ ފުރަތަމަ މިސާލެވެ. 

 

ކޮމްޕްރެސްޑް ޓޮވެލްސް ނުވަތަ ކޮއިން ޓޮވެލްސްގެ ނަމުން ވެސް ނަންދެވިފައިވާ މެޖިކް ޓޮވެލްސް އަކީ ޝައުގުވެރި އަނެއް މިސާލެވެ. މިއީ ކޮއިން ނުވަތަ ޓެބްލެޓް ފަދަ ކުދިކުދި ކޮމްޕެކްޓް ޑިސްކްތަކެކެވެ. ފެނުގައި ބެހެއްޓުމުން އޭތި ބޮޑުވެ ފުރިހަމަ ސައިޒުގެ ތުވާލިތަކަކަށް ވެގެންދެއެވެ. މިކަން ހާސިލް ކުރެވެނީ ސެލިއުލޯޒް ނުވަތަ ނޮންވޫވެން ފޭބްރިކް ފަދަ ތަކެތި އެއްކޮށްގެން ފެން އަވަހަށް އޭގެތެރެއަށް ދަމައިގަނެ ކޮމްޕްރެސްޑް ތުވާލި ފުޅާވެގެން ދިއުމުންނެވެ.

ސްޕޮންޖް ޖަނަވާރުތަކަކީ ކުޑަކުދިންގެ މެދުގައި މަގުބޫލު ޖަނަވާރުތަކަކަށް ވާއިރު، މި ގިނައިން ފެންނަނީ ފެންވަރާ އިރު އެކުދިން ބޭނުންކުރަން ތައްޔާރުކޮށްފައި ހުންނަ ކުޅޭ ކިޓްތަކުންނެވެ. މި ކުދިކުދި، ހަރު ސްޕޮންޖް ބައްޓަންތައް ފެނަށް ހުށަހެޅުމުން ބޮޑެތި، މަޑު ޖަނަވާރުގެ ސިފަތަކަށް ބަދަލުވެއެވެ. ފެނުން އެކްޓިވޭޓް ކުރާ ކުޅޭ އެއްޗެހި ފަދައިން ސްޕޮންޖް ޖަނަވާރުތަކުގައި ވެސް ފެން އޭގެތެރެއަށް ދަމައިގަންނަ ތަކެތި ހުރުމުން ސްޕޮންޖް ފުޅާވެ ތަފާތު ޓެކްސްޗަރ އެއް ލިބެއެވެ.

ގިނަ ފަހަރަށް ޒީނަތްތެރިކަމުގެ ގޮތުގައި ނުވަތަ ކުދި ހަދިޔާއެއްގެ ގޮތުގައި ބޭނުންކުރާ ބައެއް ގަސްގަހާގެހި، ފެނުގެ މުއާމަލާތްތަކުގެ ތެރެއިން ބޮޑުވާތަން ދައްކުވައިދެއެވެ. މި ގަސްތައް ކުދި ކެޕްސޫލް ނުވަތަ އޮށެއްގެ ގޮތުގައި ފެށިގެން ގޮސް ފެނުގައި ބަހައްޓާއިރު ބޮޑެތި ގަސްގަހާގެހިތަކުގެ ސްޓްރަކްޗަރތަކަށް ބަދަލުވެއެވެ. މި ބޮޑުވުމަށް މަގުފަހިވަނީ ގަހުގެ ޓިޝޫތަކުން ފެން ދަމައިގަނެ، ސެލްތައް ފުޅާވެ ބޮޑުވެ،  ޖުމްލަ ގޮތެއްގައި ބޮޑުވުމަށް މަގުފަހިވާތީއެވެ.

މި ތަކެތި ބޮޑުވުމުގެ ފަހަތުގައިވާ އަސްލު ސައިންސް އަކީ ޕޮލިމަރސްގެ ސިފަތަކާއި އެއަށް ފެންދެމުމުގެ ސިފަތަކެވެ. ޕޮލިމަރސް އަކީ އެތަކެތީގެ ސްޓްރަކްޗަރގެ ތެރޭގައި ފެން ހިފެހެއްޓޭ މޮލިކިއުލްތަކުގެ ދިގު ޗޭނުތަކެކެވެ. މި ޕޮލިމަރތައް ފެނާއި ކޮންޓެކްޓްވުމުން، ޕޮލިމަރގެ މެޓްރިކްސް އަށް ފެނުގެ މޮލިކިއުލްތައް ދަމައިގަތުމުން، މި ޕޮލިމަރތައް ބޮޑުވެއެވެ. މި ބޮޑުވުމާއެކު ވޮލިއުމް އިތުރުވެ، އެ އެއްޗެއްގެ ސައިޒު ބޮޑުވެއެވެ.

ސައިންސްގެ މިފަދަ ހޯދުންތަކަކީ ހަމަގައިމުވެސް މުސްތަގުބަލުގައި އަޅުގަނޑުމެންނަށް އެތައް ފައިދާތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ހޯދުންތަކެއްކަން ޔަގީނެވެ.