ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ އާމްދަނީ 200 ކްރޯޑް ރުޕީސް އަށް އަރައިފި
އާލިއާ ބަޓްއާއި ރަންވީރް ސިންގްގެ ރޮކީ އޯރް ރާނީގެ ދެވަނަ ހަފްތާ ބަންދު ނިންމާލިއިރު ބޮކްސްއޮފީހުގައި ފިލަމަށް ރަންގަޅު އާމްދަނީއެއް ލިބިއްޖެއެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް 120 ކްރޯޑް ރުޕީސް ލިބުނުއިރު އިންޑިއާއިން ބޭރު މާކެތްތަކުން ވަނީ 1.40 މިލިއަން ޑޮލަރު ލިބިފައެވެ.
އެހެންކަމުން 160 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމަށް މިހާތަނަށް މުޅި ޖުމުލަ 200 ކްރޯޑް ރުޕީސްއަށްވުރެ މަތިން މި ވަނީ ލިބިފައެވެ. އަންނަ ހަފްތާގަ ޤަދަރް 2 އަދި އޯއެމްޖީ 2 ރިލީޒް ކުރަން ހަނަޖެހިފައިވާއިރު އެ ދެފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބިއްޖެނަމަ އަންނަ ހަފްތާ ބަނދުގަ މި ފިލްމަށް 300 ކްރޯޑް ރުޕީސް ހަމަވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އިންޑިއާއިން ބޭރުގެ މާކެޓްތަކުން މިހާތަނަށް މި ފިލްމަށް ލިބުނު އާމްދަނީ:
ނޯތް އެމެރިކާ: 4 މިލިއަން 7 ލައްކަ 20 ހާސް ޑޮލަރު
މެދުއިރުމަތި: 2 މިލިއަން 2 ލައްކަ 80 ހާސް ޑޮލަރު
އޮސްޓްރޭލިއާ: 6 ލައްކަ 50 ހާސް ޑޮލަރު
ނިއުޒިލެންޑް: 2 ލައްކަ ޑޮލަރު
ސިންގަޕޫރު: 2 ލައްކަ ޑޮލަރު
އޭޝިއާ: 3 ލައްކަ 50 ހާސް
ޔޫކޭ: 1 މިލިއަން 2 ލައްކަ 50 ހާސް
ޔޫރަޕް: 5 ލައްކަ 75 ހާސް ޑޮލަރު
އެހެނިހެން ޤައުމުތައް: 1 ލައްކަ 75 ހާސް ޑޮލަރު
ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަންސް އާ ވަޔާކޮމް18 ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ލީޑް ރޯލުން އާލިއާ އާއި ރަންވީރް ފެނިގެންދާއިރު ސަޕޯޓިންގ ރޮލުތަކުން ދަރްމެންދްރާ، ޝަބާނާ އާޒްމީ އަދި ޖަޔާ ބައްޗަން ފެނިގެންދެއެވެ.
ރާއްޖޭގައިވެސް މި ފިލްމު އަޅުވާފަވާއިރު އަދި ޝޯތައް އުޅެނީ ވަރަށް ފުލްކޮށެވެ.
