ދާދި ފަހުން ޕައުރަޝްޕޫރު 2 އިން ފެނިގެންދިޔަ ބަތަލާ ޝެރްލީން ޗޯޕްރާ  އާންމު ތަންތަނަށް ނުކުމެ ކެރިއަރު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ގިނަވަގުތު އާންމުންނާއި ދިމާވެއެވެ. ޝެރްލީން އާންމުކޮށް ފެންނަ ވަގުތުތަކުގައި ޕަޕަރާޒީން ކުރާ ސުވާލުތަކަށްވެސް ގިނަ ފަހަރަށް ޖަވާބްދާރީވެއެވެ.

ދާދި ފަހުން މުމްބާއީގެ ބަންދްރާ ބޭންޑްސްޓޭންޑްގައި ޕަޕަރާޒީ އިންޓަރެކްޝަނެއްގައި ޝެރްލީންއާ މަޖާޒީ ގޮތަކަށް ސުވާލު ކުރީ ޕޮލިޓީޝަން ރާހުލް ގާންދީއާ ކައިވެނި ކޮށްފާނަންތޯއެވެ. ޝެރްލީން ޖަވާބު ދިނީ ހިންދީ ބަހުން “އާނ، ކީއްވެގެ ނުކުރާންވީ. އެކަމަކު އަހަރެން ބޭނުންވާނީ ކައިވެންޏަށް ފަހު އަހަރެންގެ ނަން ހަމަ އެގޮތުގައި ހުންނަން." މިހެންނެވެ.

ދާދި ފަހުން ކެރެލާގެ ވަޔަނާޑް ދާއިރާއިން ރާހުލް ގާންދީގެ ލޯކް ސަބާ އެމްޕީގެ މަގާމު އަލުން ވަނީ ލިބިވަޑައިގެންފަ އެވެ. މިކަން ދިމާވީ ސުޕްރީމް ކޯޓުން އޭނާ ‘މޯދީ’ ގެ ނަމުގައި ރިމާކް ކުރި މައްސަލައިން މިނިވަން ކުރިތާ މާގިނަ ދުވަހެއް ނުވެ އެވެ. ތަޖުރިބާކާރު ސިޔާސީ ބޭފުޅުން ކަމަށްވާ ސޯނިއާ ގާންދީ އާއި ރާޖީވް ގާންދީގެ ދަރިކަލުން ރާހުލް ނިސްބަތްވަނީ އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީއަށެވެ.

އެހެންކަމުން ރާހުލް ގާންދީގެ ނަމަށް ނަން ބަދަލު ނުކޮށް އޭނާއަށް ކައިވެނިކުރަން ޝެރްލީން ޗޯޕްރާ ހުރީ ތައްޔާރަށްކަން މީގެން ހާމަވެއެވެ.ނަމަވެސް ރާހުލް ގާންދީ، އޭނާއާ ކައވެނި ކޮށްފާނެބާއެވެ؟