މާލެ އަތޮޅުން ފެށިގެން ކޮޅުމަޑުލާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށްވެސް ލަފާކޮށްފައެވެ.
އެގޮތުން މި އަތޮޅުތަކުގެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި 2 ފޫޓާއި 4 ފޫޓުގައި ރާޅު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދާއި ރަސްފަންނު ސަރަހައްދު އަދި ހުޅުމާލެއަށް ދާން އޮންނަ ހައިވޭއާ ސަރަހައްދަށް އިއްޔެ ވަނީ އުދަ އަރާފައެވެ.
މުޅި ރާއްޖެއަށް މޫސުން ރަނގަޅުވިނަމަވެސް، ދެކުނުގެ ރަށްތަކަށް ވިއްސާރަ ކުރުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ބުނެފައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާނގަޑުގައި އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ބުންޏެވެ.
