ސަކީނާ (އަމީޝާ ޕަޓޭލް) އާއެކު ތާރާ ސިންގް (ސަނީ ޑިއޯލް) ގެ "ޕްރެމް ކަތާ" އަކީ ރޯމިއޯ އެންޑް ޖޫލިއެޓް އަދި ހީރް އެންޑް ރަންޖާ ފަދަ އެހެން މަގުބޫލް ލޯބީގެ ވާހަކަތަކެއް ފަދައިން މަގުބޫލު ފިލްމެކެވެ.
އަދިވެސް ގިނަބެލުންތެރިންގެ ގައިން ހީބިހި ނަގައިގެންދާ މި ފިލްމަކީ ސިކުންގެ ކުރީގެ ސިފައިންގެ މީހެއްގެ ހަގީގީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ އިނގިރޭސި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރެއްވި - ބޫޓާ ސިންގްގެ ވާހަކައިގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

ޕަންޖާބުގެ ޖަލަންދަރަށް އުފަން ބޫޓާ ސިންގް އަކީ ސިކް ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ލޯޑް މައުންޓްބެޓެންގެ ކޮމާންޑުގެ ދަށުން ބަރުމާ ފްރަންޓްގައި ޚިދުމަތް ކުރެއްވި އިނގިރޭސި ސިފައިންގެ ކުރީގެ ސިފައިންގެ މީހެކެވެ.
އިންޑިއާގެ އިތުރުން ޕާކިސްތާނުގައި ވެސް އޭނާ މަގުބޫލުވެފައިވަނީ އޭނާގެ ލޯބީގެ ވާހަކައިގެ ސަބަބުންނެވެ.
އިންޑިއާ ބައިބައިވި ދުވަސްވަރު ހިނގި އަނިޔާވެރިކަމުގެ ތެރޭގައި ބޫޓާ ސިންގް ވަނީ ޕާކިސްތާނުގެ އަންހެން ކުއްޖަކު ކަމަށްވާ ޒައިނަބް ސަލާމަތްކޮށް، ފަހުން އޭނާ ދެކެ ލޯބިވެފަ އެވެ. އެ ދެމަފިރިންނަށް ލިބުނީ ތަންވީރާއި ދިލްވީރު ކިޔާ ދެ އަންހެން ދަރިންނެވެ. ނަމަވެސް އެމީހުންގެ ލޯބީގެ ވާހަކަ ހިތާމަވެރި ގޮތަކަށް ބަދަލުވީ އިންޑިއާ އާއި ޕާކިސްތާނުން، ބައިބައިވުމަށް ފަހު ދިހަ އަހަރު ފަހުން، އާއިލާއާ ވަކިވެފައިވާ އަންހެނުން އަނބުރާ ފޮނުވަން ނިންމުމުންނެވެ.
ޒައިނަބު އޭނާގެ ދޮށީ އަންހެން ދަރިފުޅާއެކު އަނބުރާ ފޮނުވާލީ ޕާކިސްތާނުގެ ކުޑަކުޑަ ރަށެއް ކަމަށްވާ ނޫރުޕޫރަށް ކަމަށާއި އެ ރަށުގައި އޭނާގެއާއިލާ ދިރިއުޅެމުން ދިޔަ ކަމަށްބުނެވެއެވެ. ބޫޓާ ސިންގް ހުރީ މާޔޫސްވެފައެވެ. އޭނާ ބޭނުންވީ އޭނާގެ ހަޔާތުގެ ލޯބިވާ އަނބިމީހާއާ އެކު އުޅުމަށެވެ. އޭނާގެ އަންހެނުން އަނބުރާ ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އެދި ދިއްލީއަށް ދިޔަ ނަމަވެސް އޭނާއަށް އެއްވެސް ކާމިޔާބެއް ނުލިބުނެވެ.
އެހެން ހައްލެއް ނެތުމުން އޭނާ ނިންމީ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅު އަނބުރާ ހޯދުމަށް އިސްލާމްދީނަށް ބަދަލުވެ ގަވާއިދާ ހިލާފަށް ޕާކިސްތާނަށް ވަނުމަށެވެ. ނަމަވެސް ޕާކިސްތާނަށް ދިއުމާއެކު އޭނާގެ ދުނިޔެ އެފުށްމިފުށަށް ޖަހާލިއެވެ.
ޒައިނަބުގެ އާއިލާއިން އޭނާ ގަބޫލެއް ނުކުރިއެވެ. އޭނާގައިގައި ތަޅާ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރި އެވެ. ޒައިނަބުވެސް ހުރީ އަމިއްލަ އާއިލާގެ ޕްރެޝަރުގައެވެ. ބޫޓާ ސިންގް އާއި އެކު އެނބުރި ދާން ކޯޓުގައި އޭނާ ދެކޮޅު ހެދި އެވެ.

މިކަމުގެ ސަބަބުން ހިތްހަލާކުވެ ބޫޓާ ސިންގް 1957 ވަނަ އަހަރު އޭނާގެ އަންހެން ދަރިފުޅާއެކު ޕާކިސްތާނުގެ ޝަހުދާރާ ސްޓޭޝަން ކައިރީގައި ކުރިއަށް އޮތް ރޭލެއްގެ ކުރިމައްޗަށް ފުންމާލައިގެން އަމިއްލައަށް މަރުވި ނަމަވެސް އޭނާ ސަލާމަތްވި އެވެ.
އޭނާ ސުއިސައިޑް ނޯޓެއް ލިޔުނެވެ. އޭނާގެ އެންމެ ފަހުގެ އެދުމަކީ ބައިބައިވުމަށްފަހު ޒައިނަބާއި އޭނާގެ މައިންބަފައިން ވަޒަންވެރިވި ބާކީ އަވަށުގައި ވަޅުލުމެވެ.
ޒައިނަބާއި އެކު ބޫޓާ ސިންގްގެ ލޯބީގެ ވާހަކަ ވަނީ ގިނަ ފޮތްތަކާއި ފިލްމުތަކުގައި ބަޔާންވެފައެވެ. ހަމައެކަނި ގަދަރު : އެކް ޕްރޭމް ކަތާ، އެއްނޫނެވެ. 1999 ވަނަ އަހަރު ރިލީޒްކުރި ޝަހީދް-އޭ-މޮހައްބަތު ބޫޓާ ސިންގް ނަމަކަށް ކިޔުނު ޕަންޖާބީ ފިލްމުވެސް ބިނާވެފައިވަނީ އޭނާގެ ހަގީގީ ދިރިއުޅުމުގެ ހިތާމަވެރި ލޯބީގެ ވާހަކައަށެވެ. ހަގީގަތުގައި ވީރް ޒާރާ އަކީ ބޫޓާ ސިންގްގެ ވާހަކައިން ލުއިކޮށް އިންސްޕަޔަރ ވެފައިވާ ފިލްމެއް ކަމަށާއި 2007 ވަނަ އަހަރު ނެރުނު ކެނެޑާގެ ފިލްމު ޕާޓިޝަން ވެސް އެގޮތަށް އިންސްޕިރޭޝަން ނަގާފައިވާކަމަށްވެއެވެ. މީގެ އިތުރުން އިޝްރާތު ރަހުމާނީގެ ވާހަކަ މުޙައްބަތު ވެސް ބިނާވެފައިވަނީ އެ ވާހަކައިގެ މައްޗަށެވެ.
