އެމެރިކާގައި ކޮންމެ އަހަރަކު ބަލިވެއިންނަ އެތައް ހާސް މައިންނަށް ޖެހޭ ހާލަތެއް ކަމަށްވާ ވިހެއުމަށް ފަހު މެދުވެރިވާ ސީރިއަސް ޑިޕްރެޝަނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ތައްޔާރުކުރި ފުރަތަމަ ބޭސް ފެޑެރަލް ހެލްތު އޮފިޝަލުން ފާސްކޮށްފިއެވެ.
ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުކުރު ދުވަހު ވަނީ ވިހެއުމާ ނުވަތަ ބަލިވެ އިނުމާ ގުޅިގެން ސީރިއަސް ޑިޕްރެޝަން ކުރިމަތިވާ ބޮޑެތި މީހުންނަށް ޒުރުޒުވާއޭ ކިޔާ ބޭސް ދިނުމަށް ހުއްދަ ދީފަ އެވެ. މި ބޭސް 14 ދުވަސް ވަންދެން ދުވާލަކު އެއްފަހަރު ބޭނުން ކުރެއެވެ.
އޯރަލްކޮށް ބޭނުންކުރާ ބޭހެއް ލިބުމަކީ މިބަލިތަހައްމަލްކުރާ، އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ އިހުސާސްތަކާ ކުރިމަތިލާ މި އަންހެނުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާހުރި ގޮތަކަށް ވާނެ. - އެފްޑީއޭގެ ނަފްސާނީ ބޭސްތަކުގެ ޑިރެކްޓަރު ޑރ.ޓިފަނީ ފާޗިއޯނޭ
ޕޯސްޓްޕާޓަމް ޑިޕްރެޝަން އަހަރަކު ގާތްގަނޑަކަށް 4 ލައްކަ މީހުންނަށް ޖެހޭއިރު، ގިނަ ފަހަރަށް ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިބަލިއަމިއްލައަށްރަނގަޅުވާއިރު، މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ވެސް މިކަން ދެމިގެންދެ އެވެ. ސްޓޭންޑަޑް ފަރުވާގެ ތެރޭގައި ކައުންސެލިންގ ނުވަތަ އެންޓިޑިޕްރެޝަން ބޭސްތައް ހިމެނޭއިރު، މިއީ މަސައްކަތް ކުރަން ހަފްތާތަކެއް ނަގާއިރު ބައެއް މީހުންނަށް ލުއި ނުލިބޭ ކަންކަމެވެ.މި އާ ބޭސް އުފައްދާފައިވަނީ ސޭޖް ތެރަޕިއުޓިކްސް އިންނެވެ.
