ޓެކް ބިލިއަނަރުން ކަމަށްވާ އިލޯން މަސްކް އަދި މާކް ޒުކާރބަރގް އެއްބަސްވީ ޖޫން މަހުގެ ފަހުކޮޅު އިން ޕާސަން ފޭސް އޮފް އަކަށެވެ. ޖިސްމާނީ މާރާމާރީއެއް ހަގީގަތުގައި އޮވެދާނެބާއޭ ސާފުނުވި ނަމަވެސް މަސްކް އާއި ޒުކަބާގް ވަނީ އެކަކު އަނެކަކަށް އޮންލައިންކޮށް ބަހުގެ ހަމަލާއިން މި މެޗަށް ޝައުގުވެރިކަން އިތުރުކޮށްފަ އެވެ
މަސްކް އިތުރަށް ބުނީ މި ފައިޓުން ލިބޭ ފައިސާ ދާނީ ވެޓެރަންސް އަށް ހާއްސަ ޗެރިޓީއަކަށް ކަމަށެވެ. ތްރެޑްސްގެ ސޯޝަލް މީޑިއާ އެކައުންޓުގައި ޒުކަބާގް ޖަވާބު ދެއްވީ “ހަގީގަތުގައި ޗެރިޓީއަށް ފައިސާ ހޯދައިދެވޭނެ މިއަށްވުރެ އިތުބާރު ހުރި ޕްލެޓްފޯމެއް ބޭނުން ނުކުރަން ހެއްޔެވެ؟” ފޮލޯއަޕް ޕޯސްޓެއްގައި ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާގެ ސީއީއޯ ބުނީ އޭނާ ފައިޓަކަށް "ނޭވާ ހިފަހައްޓާ"ލައިގެން ހުރިކަމަށެވެ.
“މިއަދު މިހުރީ ތައްޔާރަށް. އަހަރެން ފުރަތަމަ ޗެލެންޖް ކުރިއިރު އޮގަސްޓް 26 އަށް ލަފާ ދިނީ، އެކަމަކު އޭނާ ކޮންފަރމްކޮށްފައެއް ނުވޭ،” ހަގީގަތުގައި މިކްސްޑް މާޝަލް އާޓްސް އަށް ތަމްރީނު ލިބިފައިވާ އަދި މިއަހަރުގެ ކުރީކޮޅު ފުރަތަމަ ޖިއު ޖިޓްސޫ މުބާރާތް ނިންމުމާ ބެހޭ ގޮތުން ޕޯސްޓް ކުރި ޒުކަބާގް ލިޔެފައިވެ އެވެ. “އަހަރެން މި ކުޅިވަރަށް ވަރަށް ލޯބިވޭ، މިތަނުގައި ކޮންމެ ގޮތެއް ވިޔަސް ޓްރެއިނިން ކުރާ މީހުންނާ ވާދަކުރަމުން ގެންދާނަން.”
މީގެ ކުރިން ހުކުރު ދުވަހު މަސްކް ބުނީ މެޗަށް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ބަރު އުފުލައިގެން ކަމަށެވެ. ފަހުން އޭނާ ވަނީ މެޗާއި މެދު ވާހަކަ ދައްކާފައެވެ. — ޝެޑިއުލް ކޮށްފައިވާ އެމްއާރުއައި އާއި ސާޖަރީގެ ފުރުސަތު އޮތް ތާރީހު އަދިވެސް ނޭގިއޮތް ކަމަށް ފާހަގަކޮށްފަ އެވެ.
“އަހަރެންގެ ކަރުއަދި ބުރަކަށީގެ އެމްއާރުއައި މާދަމާ ހަދަނީ،” ހުކުރު ދުވަހުގެ ރޭ މަސްކް ލިޔެފައިވެ އެވެ. “ކޭޖް ފައިޓް ހިނގުމުގެ ކުރިން ސާޖަރީއެއް ހަދަން ޖެހިދާނެ. މި ހަފްތާގައި އެނގޭނެ.” އޭނާ އެކްސް ގައި ލިޔުނެވެ.
