ރަޖިނީކާންތްގެ ފިލްމް 'ޖެެއިލަރ' ރީލީޒްކުރުމާއެކު ލީކުކޮށްލައިފިއެވެ. ނެލްސަން ދިލިޕްކުމާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ތިއޭތަރުތަކުގަ އެޅުވިތާ މަދު ގަޑިއިރުތަކެއްތެރޭ ފިލްމު ލީކްކޮށްލާފައިވާއިރު މީގެ ސަބަބުން މި ފިލްމުގެ އާމްދަނީއަށް އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

މިހާތަނަށް ފިލްމު ބެލި ފަރާތްތަކުން ވަނީ ފިލްމަށް ވަރަށް ތައުރީފްކޮށްފައެވެ. 

އޮންލައިން އެކި ޕްލެތްފޯމަތަކުގަ ފިލްމު ލީކްކޮށްލާފައިވާތީ ފިލްމުގެ ޓީމުން ވަނީ ޕައިރެޓެޑް ކޮޕީސް ނުބަލާ ތިއޭޓަރުތަކުގަ ޓިކެޓް ގަނެގެން ފިލްމު ބެލުމަށް ބެލުންތެރިންގެ ކިބައިން އިލްތިމާސްކޮށްފައެވެ.

ޖެއިލަރ އަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގެ ބޮޑެތި ގިނަ އެކަޓަރުން ކާސްޓްގަ ހިމެނޭ ފިލްމެކެވެ. އެގޮތުން ރަޖިނީކާންތްގެ އިތުރުން މި ފިލްމުގެ ރޯލުތަކުން ރާމިޔާ ކްރިޝްނަން، ވިނޭޔަކަން އަދި ތަމަންނާ ބާޓިއާވެސް ފެނިގެން ދެއެވެ. މި ނޫނަސް އިންޑިއާގެ އެކި ހިސާބުތަކުގެ ވަރަށް މަޝްހޫރު އެކްޓަރުން މި ފިލްމުގަ ޚާއްސަ ފެނިލުންތަކެއް ގޮތުގައި ބައިވެރިވެއެވެ.