ދުނިޔޭގެ ނިސްބަތުން ބަރުދަން އިތުރު މީހުންގެ އަދަދު 1975 ވަނަ އަހަރުގެ ފަހުން ވަނީ ތިން ގުނައަށް އިތުރު ވެފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން 18 އަހަރުން މަތީގެ 1.9 ބިލިއަން މީހުންނަކީ ބަރުދަން ހުންނަންވާ ވަރަށްވުރެ އިތިރު މީހުނެވެ. އަދި މީގެތެރެއިން 650 މިލިއަން މީހުންނަކީ ނުރައްކާތެރި ބަލިތަކަށް ހުށައެޅޭ ދަރަޖައަށް ބަރުދަން އިތުރު މީހުނެވެ. ދުނިޔޭގެ އާބާދީ ގިނަ ގައުމުތަކުގައި ބަރުދަން ލުއިވެގެން މީހުން މަރުވާ އަދަދަށްވުރެ ބަރުދަން އިތުރުވެގެން ދިމާވާ އެކި ޞިއްޙީ މައްސަލަތަކުގައި މީހުންމަރުވާ އަދަދު އިތުރެވެ.
ނަމަވެސް މިކަމުން ރައްކާތެރިވެވޭނެ މަގު އެބައޮތެވެ. ކާ އެއްޗެއް ފެންނަ އިރަށް ކާލުމުގެ ކުރިން ތިމާގެ ބަރުދަން ހުރި ވަރާ، ލުއި ކުރަން ބޭނުންވާ ވަރު ޔަގީން ކުރާށެވެ. އޭގެ ފަހުން ކާ ކޮންމެ އެއްޗެއް ވެސް ކެއުމުގައި އޭގައި ކެލޮރީ ހިމެނޭވަރު ދެނެގަންނާށެވެ. ކޮންމެ ދުވަހަކު ކެލޮރީ ބޭނުން ކުރެވޭ އަދަދު ވަކި ވަރެއްގައި ބަހައްޓަން ޢަޒުމް ކަންޑައަޅާށެވެ. ސިއްޙީ މައްސަލައެއް ނެތްނަމަ ހަމަ ކޮންމެ އެއްޗެއްވެސް ކާންވީއެވެ. ހިކެނީ ވަކި އެއްޗެއް ކައިގެން ނޫނެވެ. ޖުމްލަކޮށް ކެލޮރީ ބޭނުން ކުރެވޭ ވަރު މަދުކޮށްލުމުން ގައިގައި ހުންނަ ސަރުބީ ވިރުވައިގެން ދުވަހުގެ ހަރަކާތްތަކަށް ބޭނުންވާ ހަކަތަ ހޯދަން ހަށިގަނޑު މަސައްކަތް ފަށާނެއެވެ. ނަމަވެސް ކެލޮރީ މަދު ކުރެވޭނީ ކެވޭ އެއްޗެހީގައި ކެލޮރީ ހިމެނޭވަރު އެނގިގެނެވެ. އެހެންކަމުން މިއަދު މި ގެނެސްދެނީ އާންމުކޮށް ބޭނުންކުރާ ބައެއް ކާތަކެތީގައި ކެލޮރީ ހިމެނޭ އަދަދު އަންގައިދޭ ކުރު ލިސްޓެކެވެ.
|
ކޮންމެ 100 ގްރާމެއްގައި ހިމެނޭ ކެލޮރީގެ އަދަދު |
ކާނާ |
|
240 |
ޕާން (ގޮދަން ފުށުގެ) |
|
220 |
ޕާން (އާޓާފުށުގެ) |
|
370 |
ކޯންފްލޭކްސް |
|
440 |
ކްރީމް ކްރޭކާރސް |
|
70 |
ފެނުކެއްކި ނޫޑްލްސް |
|
110 |
ފެނުކެއްކި ޕާސްތާ |
|
70 |
ފެނުކެއްކި އަލުވި |
|
140 |
ފިހުނު އަލުވި |
|
140 |
ހުދު ހަނޑުލުބަތް |
|
135 |
ރަތް ހަނޑުލު ބަތް |
|
280 |
ރޯސްޓް ކުރި ގެރިމަސް |
|
220 |
ކުކުޅު މަސް |
|
220 |
ފިޝް ފިންގަރސް |
|
150 |
މަހު މޭ |
|
100 |
ފެނުކެއްކި އިހި |
|
300 |
މުށިމަސް |
|
100 |
ފެނުގައި ބަންދުކުރި ދަޅުމަސް |
|
180 |
ތެލުގައި ބަންދުކުރި ދަޅުމަސް |
|
44 |
އާފަލު |
|
65 |
ދޮންކެޔޮ |
|
80 |
ބޭކްސް ބީންސް |
|
32 |
ބްރޮކޮލީ |
|
20 |
ކެބެޖް |
|
25 |
ކެރޮޓް |
|
30 |
ކޯލިފްލާވަރ |
|
10 |
ކިއުކަމްބަރ |
|
235 |
ކަދުރު |
|
62 |
މޭބިސްކަދުރު |
|
32 |
ގްރޭޕް ފްރުޓް |
|
50 |
ކިވީ |
|
15 |
ލެޓިއުސް |
|
28 |
މެލަން |
|
30 |
އޮރެންޖް |
|
15 |
ބެލް ޕެޕަރ (ރީނދޫކުލަ) |
|
40 |
އަލަނާސި |
|
20 |
ޓޮމާޓޯ |
|
440 |
ޗީޒް (އާދައިގެ) |
|
98 |
ކޮޓެޖް ޗީޒް |
|
150 |
ކުކުޅު ބިސް |
|
70 |
ފްރެޝް މިލްކް |
|
50 |
ސެމީ ސްކިމްޑް މިލްކް |
|
38 |
ސްކިމްޑް މިލްކް |
|
36 |
ސޯޔާ މިލްކް |
|
750 |
ބަޓަރ |
|
500 |
ޗޮކްލެޓް |
|
280 |
މާމުއި |
|
250 |
ޖޭމް |
|
900 |
ތެޔޮ (ސުވާރި، ޒައިތޫނި، ސަންފްލަވަރ) |
|
45 |
ޔޯގަޓް (ލޯ ފެޓް) |
|
60 |
ޔޯގަޓް (އާދައިގެ) |
މައުލޫމާތު http://www.weightlossforall.com އިން ނަގާފައި
