ބޮލީވުޑް ފިލްމްތަކަކީ އަބަދުވެސް ދުނިޔޭ ގެ އެކި ކަންކޮޅުގެ މީހުން ގެ ސަމާލުކަން ހޯދަމުންދާ ފިލްމްތަކެކެވެ. އެގޮތުން ދާދި ފަހުން ނެރުން ލޫޑޯ މިވަނީ އެތައް ބަޔެއް ގެ ހިތްތަކުން ޖާގަ ހޯދާފައިއެވެ. ތަފާތު ވާހަކައެއް ގެ މައްޗައް ބިނާކޮށްހަދާފައިވާ މިފިލްމް ޑައިރެކްޓް ކޮށްފައިވަނީ އިންޑިޔާ ގެ މަޝްހޫރު ޑައިރެކްޓަރެއް ކަމުގައިވާ އަނޫރާގް ބާސޫއެވެ. މި ފިލްމް ގެ ޕޮރޯޑިއުސަރުން ގެ ގޮތުގައި ހަރަކާތްތެރިވަނީ އަނޫރާގް ބާސޫ، ބޫސަން ކުމާރް، ދިވްޔާ ކޯސްލާ ކުމާރް، ކުރިސަން ކުމާރް، ތަނީ ބާސޫ ގެ އިތުރުން ދީބްސިކާ ބޯސްއެވެ.
މިފިލްމް ފުރަތަމަ ނެރެން ހަމަ ޖެހިފައި އޮތީ 24 އޭޕްރިލް 2020 ގައި ނަމަވެސް ކޮވިޑް 19 ގެ ސަބަބުން އެކަން ލަސްވެގެން ގޮސް ރިލީޒް ވެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ނެޓްފްލިކްސް ގައެވެ
މި ފިލްމުގައި ދައްކުވައިދެނީ 8 މީހެއްގެ ދިރިއުޅުމުގައި ދިމާވާ ހާދިސާ ތަކެއްގެ ސަބަބަން އެމީހުން ދިރިއުޅުމައް ކުރާ އަސަރެވެ. މި 8 މީހުން އެކަކު އަނެކަކާއި މާބޮޑު ގުޅުމެއް ނެތެއް ކަމަކު ކޮންމެވެސް ހިސާބަކުން މި އެންމެން ގެ ދިރިއުޅު ގުޅިގެންދާ ގޮތެވެ. އަދި އެމީހުންނަށް ދިމާވެފައި ކަންތައް ތަކުން އަރައިގަންނަން އެމީހުން ކުރާ ކަންތައްތަކެވެ.
މި ހެއްވާ މަޖާ ފިލްމް ގެ ތަރިން ގެ ގޮތުގައި ހިމެނެނީ ބޮލީވުޑް ގެ މަޝްޙޫރު ތަރިން ކަމުގައި ވާ އަބީޝެކް ބައްޗަން، އަދިއްތިޔާ ރޯއީ ކަޕޫރް، ރާޖް ކުމާރް ، ޕަންކަޖް ތްރިޕާޓީ، ފާތިމާ ސަނާ ސޭޙް، ސަނާޔާ މަލްހޯތްރާ، ރޯހިތް ސުރޭސް ސަރަފް، ޕާރްލޭ މޭނީ ގެ އިތުރުން އިނާޔަތް ވަރްމާ އެވެ.
މި ފިލްމަށް އައިއެމްޑީބީ ރޭޓިން ގެ ގޮތުގައި 7.6 ލިބފައިވާ އިރު މި ފިލްމް މަޝްޙޫރުވެގެންދާ އަނެއް ސަބަބަކީ ކުރީ ޒަމާނުގެ މަސްހޫރު ލަވައެއްކަމުގައި ވާ "އޯ ބާބޫ ޖީ" މި ފިލްމް ގެ ލަވައެއް ގެ ތެރޭގައި ހިމަނާފައިވުމުންނެވެ
