ގިނަ ސެލްބްރިޓީންނަކީ އެމީހުންގެ ހަށިގަނޑާއި ސިއްހަތާއި ދުޅަހެޔޮކަމަށް ވަރަށް ސަމާލުކަން ދޭބައެކެވެ. ހަށިގަނޑުގެ ރީތިކަން އެއްގޮތަކަށް ބެހެއްޓުމަށްޓަކައި ބައެއް ތަރިންގެ ކެއުން ހުންނަނީ ވަކި މިންގަނޑު ތަކަކަށެވެ. އެގޮތުން ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންއަކީ އޭނާ ދާ ކޮންމެ ތަނަކަށްވެސް އޭނާގެ ބޮޑުކައްކާ ގެންދާ ސްޓާރެކެވެ.

ފިލްމު ކަހޯނާ ޕިޔާރުހޭ އިން 2000 އަހަރު ބޮލީވުޑުން މަޝްހޫރުކަން ހޯދި ރިތިކް ރޯޝަންއަކީ ވަރަށް ބޮޑަށް ހަށިގަނޑަށް ބަލާ ގަވާއިދުން ޖިމްއަށްދާ އެކްޓަރެކެވެ. އޭނާ ރަށުން ބޭރަށް ކުރާ ދަތުރު ތަކާއި ޝޫޓިން ތަކަށްދާއިރުވެސް އޭނާގެ ކައްކާ ގެންދާކަމަށް ހަބަރު ލިބެއެވެ. ގައުމުން ބޭރަށް ދާދަތުރުތަކުގައިވެސް ރިތިކުގެ ކެއުމުގެ ހުރިހާ ކަމެއް ހަމަޖައްސަނީ އޭނާގެ ކައްކާއެވެ. މީގެއިތުރުން ޝޫޓިންގ ތަކުގައި ގިނަދުވަސް ވާން ޖެހޭނަމަ އޭނާދާ ލޮކޭޝަންގައި ރަނގަޅު ޖިމްއެއް ބެހެއްޓުމަށް ރިތިކް އެދެއެވެ.

ރިތިކް ރޯޝަންގެ ޕަރސަނަލް ކައްކާއަކަށް މިވަގުތު މަސައްކަތް ކުރަނީ ޕަރޭޝް ކޮންޑްވިލްކަރްއެވެ. އޭނާ އަކީ އެފް އެންބީ ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކައްކާއެކެވެ. މެނޫ ހަމަޖައްސާ ރޭވުމާއި، މީލް ޕްލޭން ކުރުމާއި ، ތަފާތު އިވެންޓުތައް ބޭއްވުމާޢި، ބަދިގެއާއި ކެއުމުގެ ހަރަދުތައް ރާވާ ކޮންޓްރޯލް ކުރުމާ، ބަދިގެ އަދި ކާތަކެތީގެ ސާފްތާހިރުކަން ދެމެހެއްޓުން މިއީ މުޅިންވެސް ޕަރޭޝް ތަޖުރިބާ ހޯދައިފައިވާ ދާއިރާތަކެވެ.