ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ސިލެކްޝަން މުބާރާތުގެ ކުޅުން ރޭ ފަށައިފިއެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ރޭ ފެށި މި ފަހަރުގެ ސިލެކްޝަން މުބާރާތުގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގައި ހިމެނުނު 10 ކުޅުންތެރިން ހިމެނޭ ގޮތަށް ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިއީ މި އަހަރު ބާއްވާ ސިލެކްޝަން ތިންވަނަ މުބާރާތެވެ.
މި ފަހަރުގެ ސިލެކްޝަން މުބާރާތުގެ ފިރިހެން ކުޅުންތެރިންގެ ބައިގެ ގްރޫޕް ސްޓޭޖު ބެހިފައިވާގޮތަށް ބަލާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ؛ އިސްމާއިލް އަޒްމީން، މުޙައްމަދު މުންތަސިރު، އަހުމަދު ޖަލާލް އަލީ އާއި އަލީ ނިޔާޒް އަދި އަލީ ހަސަން އެވެ.
ގްރޫޕް ދޭއް ގައި: ހަސަން ނާޒިމް (ނާނަ)، އަހުމަދު އިކްލީލް، ޚާތިމް ޚަލީލް އާއި އަހުމަދު ލަތީފް، އަދި އިސްމާއިލް ސުޖާއު އެވެ.
ގްރޫޕް ތިނެއްގައި: އަލީ އާޒިމް (އާޒީ)، އިބްރާހިމް ހުޖާން އަލީ، އަލީ ސުޖާއު އާއި އަބްދުﷲ އިސްމާއިލް އަދި އަހުމަދު މުޝްރިފު އެވެ.
ގްރޫޕް ހަތަރެއްގައި: އާދަމް އަދީލް، ޔަމާން އަބްދުލް ޖަލީލްގެ އިތުރުން ނައުފަލް ޝަރީފް އާއި އުމަރު ޒިޔާދު އެވެ.
މުބާރާތުގެ ކުޅުން ކުރިއަށްދާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ކުޅުންތެރިން ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ސިލެކްޝަންގެ ކޮންމެ ބުރެއް ކުޅެވިގެންދާނީ މި ކުޅުންތެރިންގެ މެދުގައެވެ.
ސިލެކްޝަން މުބާރާތުގެ އަންހެން ކުޅުންތެރިންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މި ފަހަރުގެ ސިލެކްޝަން މުބާރާތުގައި ވާދަކުރާ އަންހެން ކުޅުންތެރިންނަކީ؛ ފާތިމަތު ރަޔާނާ، އަފީފުއްނިސާ، އާމިނަތު ވިޝާމާ، އައިމިނަތު ވިދާދް، އާއި އައިޝަތު ނަހުފާގެ އިތުރުން އައިޝަތު ފައިނާޒް އަދި އާމިނަތު ޝުބާ އާދަމް އެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ކުޅުންތެރިންގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ.
