އެމެރިކާގެ އުމުރުން 52 އަހަރުގެ ޓިކްޓޮކަރއެއް އޭނާގެ ފިރިމީހާގެ އެޕަލް އެއާޕޮޑް ޕްރޯގެ އެއް ފަރާތް ވިޓަމިން ކަމަށް އޮޅިގެން ދިރުވާލިކަން ހާމަކޮށް ޕޯސްޓެއްކޮށްފައިވާކަން ނިއުޔޯކް ޕޯސްޓުން ބުނެފި އެވެ.
މި ހިތާމަވެރި ހަމައެހެންމެ މަޖާ ހާދިސާ ހިނގާފައިވަނީ ރިއަލްޓޯޓަރު ޓަނާ ބާކާ އޭނާގެ އެކުވެރިޔާއާއެކު ހެނދުނު ހިނގާލަން ނުކުތް ވަގުތުގަ އެވެ. އެ ވާހަކަތަކުގެ ތެރެއަށް މާބޮޑަށް ވަދެވިހުރެ ވިޓަމިންގުޅަ ކަމަށް ނއޮޅިގެން ފިރިމީހާގެ ކަނާތު އެއާޕޮޑް ޕްރޯ ބުއިމަކާ އެކު ދިރިވާލި ކަމަށް އިންސައިޑާ އިން ރިޕޯޓްކޮށްފައިވެ އެވެ.
މިކަން ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރުމުން ގިނަބަޔަކު ވަނީ މިކަމަށް ފާޑުކިއާ ޖޯކުވެސް ޖަހާފައެވެ. އޭނާ ގިނަ ޑޮކްޓަރުން ތަކެއްގެ ލަފާ ހޯދުމުން ހުރިހާ ޑޮކްޓަރުންވެސް ލަފާދިނީ ގުދުރަތީ ގޮތުން އެއަރޕޮޑް ހަށިގަނޑުން ބޭރުވާނެކަމަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން