އޭނާގެ ފިލްމުތަކުގައި އޭނާ ކުރާ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމުގެ އިންތިހާއަށް އޭނާ ތައާރަފް ކުރުމަށް ފުދެއެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ފިލްމުތަކެއްގައި އެކްޓްކޮށްފައިވާ އަނުޕަމް ޚޭރް ވަނީ އޭނާގެ ފުރިހަމަ އަދި މޮޅު ޕާފޯމަންސްތަކުގެ ސަބަބުން ވަރަށް ބޮޑު ފޭން ބޭސްއެއް އުފައްދާފައެވެ. އެކްޓަރުގެ އުމުރުން 68 އަހަރު ނަމަވެސް އޭނާގެ ބުރަ މަސައްކަތާއި ޝައުގުވެރި ކުޅުންތަކުން އޭނާ އުމުރަށް ވުރެންވެސް ހަގުކަމަށް ދަށްކާކަމީ އޭނާ ފޭނުން އަބަދުވެސް ބުނަމުން ދާ ވާހަކައެކެވެ. 540 ވަނަ ޕްރޮޖެކްޓުގެ ތައްޔާރީތަކުގައި އަވަދިނެތި އުޅުނު އެކްޓަރު މިއަދު ވަނީ ފިލްމުގެ ޝޫޓިން ނިންމާލާފައިވާކަން އިއުލާންކޮށްފަ އެވެ.

ހޮނިހިރު ދުވަހު އިންސްޓަގްރާމްއަށް ގެންގޮސް، ވެޓެރަން އެކްޓަރު ވަނީ އޭނާގެ 540 ވަނަ ޕްރޮޖެކްޓްގެ ނިމުން ހާމަކުރުމަށް ޕޯސްޓެއް ހިއްސާކޮށް، ފިލްމުގެ ކްރޫގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފަ އެވެ. އެކްޓަރު އޭނާގެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވާ ގޮޠުން އޭނާ މަސައްކަތް ކުރަމުން ދިޔަ ކެލޮރީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށާއި އިންޑިޔާ އަދި ކެނެޑާގެ ކްރޫއިން އޭނާ އަށް ދީފައިވާ ލޯތްބާއި އިހްތިރާމް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ. މީގެ އިތުރުން އޭނާ ފާހަގަ ކުރި ގޮތުގައި ފިލްމުގެ ކްރޫއިން ގޮތުގައި މަސައްކަތް ކުރި މީހުނާއި އެކުގައި މަސައްކަތް ކުރަން ލިބުމަކީ ލިބުން ވަރަށް ވެސް ރަނގަޅު ތަޖުރިބާއެއްކަމަށެވެ. 

ފިލްމުގެ ޝޫޓިންގެ އިއުލާން ހިއްސާކޮށް ފިލްމުގެ ބައެއް ތަފްސީލުތައް ކިޔާދެމުން މޭ ތެރާ ހީރޯގެ އެކްޓަރު ވަނީ އިންސްޓަގްރާމް ޕޯސްޓެއް ހިއްސާކޮށްފ ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ އަމްރިތްސަރު އާއި މޮންޓްރިއަލްގައި ކަމަށް ހާމަކޮށްފަ އެވެ. ފިލްމަކީ އިންސާނީ މުސީބާތަކާއި ބެހޭ ފިލްމެއް ކަމަށް ބުނެ އަނުޕަމް ޚޭރް އޭނާގެ ޕޯސްޓުގެ ކެޕްޝަންގައި ބުނެފައިވަނީ  ކެލޯރީ ޕްރޮޑިއުސްކުރީޖޯއީބެލްއޭސް ކަމަށާއި މި ފިލްމުކޮށްފައިވާ އާއިސާ މަރާޖާ އަކީ ކެނެޑާގެ މަސްހޫރު އަދި ވަރުގަދަ ޑައިރެކްޓަރެއްކަމަށެވެ 

ބޮލީވުޑްގެ ވެޓެރަން އެކްޓަރު އޭނާގެ 540 ވަނަ ޕްރޮޖެކްޓް ނިންމާލިކަން އިއުލާން ކުރުމާއި އެކު  އޭނާގެ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ފޭނުންގެވަނީ އުފާފާޅުކުރަން ފަށާފައިވެއެވެ. އެ ގޮތުން އެ ބަޔަކު ބުނަމުން ދަނީ އޭނާ ފިލްމު ބަލަން ކްތެމަދުވެފައި ވާކަމަށާއި މި ފިލްމު ވެގެން ދާނީ ވަރަށް މޮޅު އަދި ތަފާތު ފިލްމެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.