ވިކީ ކޯޝަލް އާއި ކެޓްރީނާ ކެއިފް ފާހަގަކޮށްލެވެނީ ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގަ އެވެ. އެމީހުން ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރު ރާޖަސްތާނުގައި ބޭއްވި ރީތި ރަސްމިއްޔާތެއްގައި، އެމީހުންގެ ގާތް މީހުންގެ ކުރިމަތީގައެވެ. މި ދެމަފިރިން ސޯޝަލް މީޑިއާގައި ޕޯސްޓްކުރާ ރީތި ސްނެޕްޝޮޓްތަކާއި ވީޑިއޯތަކުން އެކަކު އަނެކަކަށް ކުރާ ލޯބި ދައްކާލައެވެ. މީގެ އިތުރުން އެކަކު އަނެކެއްގެ އާއިލާއާ އެކު ވަރުގަދަ ގުޅުމެއްވާކަމަށް ފާހަގަ ކުރެވެއެވެ.

މިވަގުތު ވިކީ ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ" ގެ ޕްރޮމޯޝަންގައި ބުރަ ކޮށްހަރަކާތްތެރި ވަމުންނެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާ އާއި ކެޓްރީނާ އެކަކު އަނެކަކުގެ އެންމެ ގަޔާވާ ކާނާއަށް ލޯބި އުފެދިފައިވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފައިއެވެ. 

އޭނާ ފާހަގަކުރި ގޮތުގައި ކުރިން ހަމައެކަނި ކަމުދަނީ ބަޓަރާއި ޕަރާޓާ. ނަމަވެސް މިހާރު ކެޓްރީނާ ވެސް އެ ކެއުމަށް ލޯބިކުރާ ކަމަށް ވިކީ ބުންޏެވެ. އަދި އޭނާއަށް ކެޓް ގެ ފޭވަރިޓް ޕެންކޭކް ކުރިން ކަމުނުދިޔަނަ ނަމަވެސް މިހާރު ޕެންކޭކް ކަމުދެއެވެ.

މީގެ ކުރިން ނިއުސް ޓެކް އަށް ދިން އިންޓަވިއުއެއްގައި ވިކީ އެމީހުންގެ ކައިވެންޏަށް ނިސްބަތްކޮށްފައި ވަނީ 'ޕަރާޓާސް ވެޑްސް ޕެންކޭކްސް'ގެ ގޮތުގައިއެވެ. އޭނާ ފާހަގަ ކުރި ގޮތިގައި އެއީ ހަމަޖައްސާފައިވާ ކައިވެންޏެއް ކަމުގައި ވިޔަސް ނުވަތަ ލޯބީގެ ކައިވެންޏެއް ކަމުގައި ވިޔަސް  ކައިވެންޏެއްގައި ލޯތްބާއި ވިސްނުންތެރިކަން އެއީ ވަރަށްވެސް މުހިންމުކަމެއްކަމަށެވެ.  އަދި ގުޅުމުގެ ކޮންމެ މީހަކީ ވެސް ތަފާތު މީހެއް ކަމަށާއި އަބަދުވެސް ހުރިހާ ކަމެއްގައި އެއްބަސް ނުވެދާނެ ކަމަށް ގަބޫލުކޮށް ދެފަރާތުގެ ވިސްނުމާއި އޯގާތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ އަބަދުވެސް ބުނަމުންދިޔައެވެ.

މިސް ވޯލްޑް 2017، މަނޫޝީ ޗިލާރް ގެ ބޮލީވުޑްގެ ފުރަތަމަ ފެނިލުން ކަމުގައިވެގެން ދަނީ ވިކީ ކައުޝަލް އާއި އެކުގައި ފެނިގެންދާ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ"އެވެ. ފިލްމުގެ ޓްރެއިލާ އާއި ލަވަތަކުގެ ތެރެއިން ހޮވާލެވޭ ލަވަތަކެއް މިހާރު ދައްކާލާފައިވާއިރު، ރިލީޒްކުރާނެ ތާރީހު ގެ ގޮތުގައި ސެޕްޓެމްބަރު 22ނިންމާފައިވާއިރު ، މި ޕްރޮޖެކްޓަށް ފަހު ވިކީ ފީލްޑް މާޝަލް ސޭމް މަނެކްޝޯގެ ގޮތުގައި ފެނިގެންދާނީ މެގްނާ ގުލްޒާރުގެ ފިލްމު ސޭމް ބަހާދުރުގަ އެވެ. އޭނާގެ ކުރިޔަށް  އޮތް އަނެއް ޕްރޮޖެކްޓަކީ ދަރްމާ ޕްރޮޑަކްޝަންސްގެ "މޭރޭ މެހްބޫބް މެރޭ ސަނަމް" އެވެ. މީގެ މީގެ އިތުރުން ކުރިއަށް އޮތް ފިލްމު ޑަންކީގައި ޝާހްރުކް ޚާންއާ އެކު އޭނާ ފެނިގެންދާނެ އެވެ. 

 ކެޓްރީނާ ކައިފް ތައްޔާރުވަމުން އަންނަނީ ދިވާލީއާ ދިމާކޮށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަލްމާން ޚާނާ އެކުފެނިގެންދާ ޓައިގާ 3 އަށެވެ. އަދި ޑިސެމްބަރު 15، 2023 ގައި ސިނަމާތަކަށް އަންނަން ހަމަޖެހިފައިވާ ސްރީރާމް ރާގަވާން ޑައިރެކްޓްކުރާ ފިލްމު މެރީ ކްރިސްމަސްގައި ވެސް ވިޖޭ ސެތޫޕަތީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ކުރިން ފާހަގަކޮށްފައެވެ.