ތަލަޕަތީ ވިޖޭ އާއި އެޓްލީ އަކީ ތަމަޅަ ސިނަމާގައި އެންމެ ކާމިޔާބު އެކްޓަރ-ޑައިރެކްޓަރ ޑޫއޯތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ޑުއޯ އެވެ. އެމީހުންގެ ކުރީގެ ކޮލަބޮރޭޝަންތަކުގެ ތެރޭގައި ތެރީ، މެރްސަލް، އަދި ބިގިލް ހިމެނޭއިރު، މި ހުރިހާ ފިލްމަކީ ވެސް ބްލޮކްބަސްޓާ ހިޓް ފިލްމުތަކެކެވެ. މުނިފޫހިފިލުވައިދޭ އަދި އިޖުތިމާއީ ގޮތުން ގުޅުންހުރި ފިލްމުތައް އުފެއްދުމުގެ ގާބިލްކަން މި ދެމީހުންނަށް ލިބިފައިވުމުން އެތައް މިލިއަން ފޭނުންގެ ލޯބި ވަނީ ހޯދާފައެވެ. އެމީހުންގެ ހަތަރު ވަނަ ކޮލާބޮރޭޝަނަށް ކެތްމަދުވެފައި ތިބި ސަޕޯޓަރުން ތިބީ އެމީހުންގެ މަސައްކަތް ބަލާލަން  ކެތްމަދުވެފައެވެ. ދާދި ފަހުން ކުރި އެކްސްކްލޫސިވް ޗެޓެއްގައި ޖަވާންގެ ޑައިރެކްޓަރު އެޓްލީ ވަނީ ހަތަރު ވަނަ ފަހަރަށް ވިޖޭއާ ގުޅުމުގެ ވާހަކަ ބުނެފައެވެ. 

 އެޓްލީ ވަނީ އޭނާ އާއި ތަލަޕަތީ ވިޖޭ އާއި ދެމެދު މިދިޔަ އަހަރުތަކުގައި ބޮޑު މަސައްކަތުގެ ގުޅުމެއް އުފެދިފައިވާ ގޮތާއި އެކަކު އަނެކެއްގެ އުފެއްދުންތެރި އިންސިންކްޓްތަކަށް އިތުބާރު ކުރާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. ހަޤީޤަތުގައި އެ ޚަބަރު ދުނިޔެއަށް ނުކުތުމުގެ ކުރިންވެސް ޖަވާންއާއި ބެހޭ ތަފްޞީލުތައް ހިއްސާކުރި ހަމައެކަނި މީހަކީ ވިޖޭކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އެޓްލީ ފާހަގަ ކުރަނީ ޖަވާންހަދާފައިވަނީ ސީދާ ޝާހްރުކް އަށް ބިނާކޮށްކަމަށާއި އެކަމާއި މެދު އެއްވެސް ވަރަކަށް ދެވަނަ ވިސްނުމަކަށް ނުދާކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ފިލްމު ހަދަން ވިސްނި ވަގުތުން ފެށިގެން ފިލްމުގެ ހުރިހާ ކަމެއް ދިޔައީ ތަލަޕަތީ އާއި ހިއްސާ ކުރުމުން ކަމަށާއި އޭނާ އަކީ އެޓްލީގެ ބޭބެ އެއްގެ ގޮތުގައި ދެކޭކަމަށާއި މި ފިލްމު މިހާ ފުރިހަމަ ވުމުގެ މައިގަނޑު އެއްސަބަބަކީ ހަމަ ތަލަޕަތީކަމަށެވެ.