ކުޑަކަމުދާ ނިޒާމަކީ އިންސާނާގެ ހަށިގަނޑުގައި މުހިއްމު ދައުރެއް އަދާކުރާ ނިޒާމެކެވެ. އިންސާނާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކުޑަކަމުދާ ނިޒާމު އަދާކޮށްދޭ މަސްއޫލިއްޔަތަކީ ދުޅަހެޔޮކަންމަތީ އަބަދުމެ ބަހައްޓަން ޖެހޭނޭ މަސައްކަތެކެވެ. އެ ސަބަބައްޓަކައި ކުޑަކަމުދިއުމުގެ ނިޒާމުގެ ބައެއް މައްސަލަތަކުގެ މައުލޫމާތު އެނގި ތިބުން މުހިއްމެވެ.
ކުޑަކަމުދާ ނިޒާމުގެ އެއްމެ އަސާސީ އެއް ގުނަވަނަކީ ގުރުދާ ނުވަތަ ކިޑްނީއެވެ. ގުރުދާގެ މަސައްކަތް ދައްވެ ހުއްޓުމުން ޑައިލެސިސް ހަދަން ޖެހެނީ އިންސާނާ ދުނިޔޭގައި ހުރުމަށެވެ. އެހެންކަމުން ކުޑަކަމުދާ ނިޒާމަކީ އިންސާނާ ދިރިހުރުމާއި ސީދާ ގުޅިފައިވާ ނިޒާމެކެވެ. ހަށިގަނޑުގެ ތެރޭގައި ދައުރުވާ ލޭގައި ހުންނަ ވިހަ މާއްދާތައް ކުޑަކަމުދާ ނިޒާމުގެ ތެރެއިން ބޭރުކޮށްލައެވެ. މި ލިޔުމުގައި މި ބަލާލަނީ ކުޑަކަމުދާއިރު، ފޮނުއަރުމާ ބެހޭ ގޮތުންނެވެ.
މިއީ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް މެދުވެރިވާ ކަމެކެވެ. ބައެއްފަހަރު ބައެއް މީހުން ކަންބޮޑުވާވެސް ކަމެކެވެ. އާއްމުގޮތެއްގައި މިއީ މާ ބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް ކުޑަކަމުދާއިރު، ކުޑަކަމުދާ ތަކެތިން ފޮނު އަރާނަމަ އެފަދަ ހާލަތަކާއި ގުޅިގެން އިތުރުކަމެއް މެދުވެރިވާނަމަ އެއީ މައްސަލައެކެވެ. އެގޮތުން ފާހަގަ ކުރެވޭ ބައެއް ކަންކަމަކީ ހުޅުހުޅާއި މޫނުމަތި ދުޅަވެފައި ހުންނަ ހުރުމެވެ. ވަރުބަލި ވުމާއި މޭ ނުބައިކުރުމާއި ހޮޑުލެވުމާއި ކާހިތްނުވުންފަދަ ކަންކަމެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތީގައި ފުސްކަމެއްހުރުން ނުވަތަ ކުޑަކަމުދާއިރު ދިލަނެގުންފަދަ ކަންކަމެވެ. މިފަދަ ކަމަކާއި އެކު ކުޑަކަމުދާއިރު، ކުޑަކަމުދާ ތަކެތިން ފޮނު އަރާނަމަ، ޑަކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.
ކުޑަަކަމުދާ ތަކެތިން ފޮނު އަރާފާނެ ބައެއް ސަބަބުތަކުގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަ ކުރާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން އެއްމެ އާއްމު އެއް ސަބަބަކީ ކުޑަކަމުދާ ތަކެތި ދަތުރުކުރާ ބާރުމިނެވެ. މިގޮތަށް ކުޑަކަމުދާއިރު، ކުޑަކަމުދާތަކެތި މާ ބާރުމިނުގައި ދަތުރުކުރާނީ މަސާނާގައި ހުންނަ ކުޑަކަމުދާ ތަކެތީގެ މިންވަރު ގިނަ ކަމުންނެވެ. މިއީ އާއްމު އަދި އާދައިގެ ހާލަތެކެވެ. މިއީ ސިއްގީ ގޮތުން މައްސަލައެއްވެސް ނޫނެވެ.
ނަމަވެސް ކުޑަކަމުދާއިރު ފޮނު އަރާފާނެ، ސަބަބުތަކުގެ ތެރެއިން މައްސަލައަކަށް ވާނެ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑުން ފެން މަދު ވުމާއި ކުޑަކަމުދާ ތަކެތީގައި ހުންނަ ޕްރޮޓީންގެ މިންވަރު އިތުރުވުން ހިމެނެއެވެ. މިއީ ކުޑަކަމުދާއިރު ފޮނު އަރާފާނެ ސަބަބުތަކެކެވެ. އަދި މިއީ ސިއްހީ އެހީތެރިކަން ހޯދަންޖެހޭނެ ހާލަތްތަކެކެވެ.
ބައެއް ފިރިހެނުންނަށް ދިމައިވާ "ރިޓްރޯ ގްރޭޑް އިޖަކުލޭޝަން" ހާލަތަކީވެސް ކުޑަކަމުދާއިރު ފޮނު އަރާފާނެ ސަބަބެކެވެ. މިއީ ފިރިހެނުންގެ އެދުން ފުދިގެންދާ ވަގުތު، ކުޑަކަމުދާ ހޮޅީގެ ތެރެއިން ދަތުރުކުރާ މަނީގެ މިންވަރެއް، މަސާނާއާއި ދިމާލަށް ދަތުރު ކުރާ ކުރުމަށް ކިޔާ ނަމެކެވެ. މިފަދަ ހާލަތެއް މެދުވެރިވާ ފިރިހެނެއްނަމަވެސް، ކުޑަކަމުދާއިރު ފޮނުއަރާފާނެއެވެ. މިއީވެސް ސިއްހީ އެހީތެރިކަން ބޭނުންވެދާނެ ހާލަތެކެވެ.
ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އުފެދުމުގެ ސަބަބުން ބޭނުންކުރާ ބައެއް ބޭސް ތަކުގެ ސަބަބުންވެސް ފޮނުއަރާފާނެއެވެ. ނަމަވެސް މިފަދަ ބޭހެއް ޑަކްޓަރަކު ދޭ ނަމަ، އާއްމު އުސޫލަކީ އެ މައުލޫމާތު ބަލިމީހާއާއި ޑަކްޓަރު ހިއްސާކުރާނެއެވެ. މިއީ ކަންބޮޑުވެ ހާސްވާން ޖެހޭނެ ވަރުގެ ސަބަބެއް ނޫނެވެ.
ކުޑަކަމުދާއިރު ފޮނު އަރާފާނެ އާއްމު އަނެއް ސަބަބަކީ ކުޑަކަމުދާ ތަނުގެ ތާސީރެވެ. ކުޑަކަމުދަނީ ފާހަނާތައްޓަކަށް ކަމުގައި ވާނަމަ އެ ފާހާނާތައްޓެއް ސާފުކުރުމުގައި ބޭނުންކޮށްފައިވާ ކެމިކަލެއްގެ ސަބަބުންވެސް ފޮނު އަރާފާނެއެވެ. ނުވަތަ ތަށީގައިވާ ފެން ތަޣައްޔަރު ވުމުގެ ސަބަބުން ފޮނު އަރާފާނެއެވެ.
ސިއްހީގޮތުން ބާލަނަމަ، ސިއްހީ މައްސަލައަކާއި ގުޅިގެން ކުޑަކަމުދާއިރު ފޮނުއެރުމަކީ މަދުން ނޫނީ ދިމައިވާ ކަމެއް ނޫނެވެ. ނަމަވެސް މިކަމާއި ބެހޭ ބައެއް އަސާސީ މައުލޫމާތު ލިބިފައި ހުރުމަކީ ބޭނުންތެރި ކަމެއް ކަމުގައި "ތީރުން" ދެކެމެވެ.
ހަވާލާ: ސްޓެފަން ވަޓްސަން 2022، ހެލްތް ލައިން
