ސަންދީޕް ރެޑީ ވަންގާގެ ޑައިރެކްޝަން "އެނިމަލް" އަކީ މި އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރާއި އަނިލް ކަޕޫރާއި ރަޝްމީކާ މަންދާނާ އާއި ބޮބީ ޑިއޯލް އަދި ޓްރިޕްޓީ ދިމްރީ އެވެ. މިއަހަރުގެ ޖޫން މަހު ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ފިލްމުގެ ޕްރީ ޓީޒާއެއް އާންމުކޮށްފަ އެވެ.

މި ޕޯސްޓާއިން ފެނިގެން ދަނީ ރަންބީރު ކަޕޫރު މާސްކް އަޅާއިގެން ތިބި ބަޔަކާއި ތަޅާފޮޅާ މަންޒަރެވެ.  އެ ޕޯސްޓު ފެނުމާއި އެކު އެނިމަލްގެ ޓީޒާއަށް ފޭނުން ކެތްމަދުވެފައި ތިބިއިރު، މިހާރު ޓީޒާ އުފައްދާ ފަރާތްތަކުން ވަނީ ރަންބީރުގެ އުފަންދުވަހު، އެއީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު  ޓީޒާ ދައްކާލާނެކަމަށް ބުނެފަ އެވެ. ރަންބީރު ފެނިގެންދާ އާ ޕޯސްޓަރެއް ވެސް މިއަދު ދައްކާލާފައިވާއިރު، އޭނާގެ އަންހެނުން އާލިއާ ބަޓް އަށް އޭނާ ގެ މައްޗަށް ތައުރީފު އޮއްސާލާފައިއެވެ.

ޓީ ސީރީޒްގެ އޮފިޝަލް އިންސްޓަގްރާމް ހެންޑްލް އިން "އެނިމަލް"ގެ ޕޯސްޓަރެއް ނެރެފައިވާއިރު، އެ ޕޯސްޓަރުގައި ރަންބީރު ކަޕޫރު ފެންނަނީ ކަޅުކުލައިގެ ސޫޓަކާއި ކަޅު އަވިއައިނު އަޅާއިގެން ހުއްޓާއެވެ. އޭނާގެ އަނގައިގައި ސިނގިރޭޓެއް އަދި އެއްއަތުގައި ލައިޓަރެއް ވެސް އޮވެއެވެ. އެ ޕޯސްޓަރުގައި ހާމަކޮށްފައިވާ ގޮތުގައި އެނިމަލް ޓީޒާ ދައްކާލާނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ. "ހީ އިޒް އެލިގަންޓް...ހީ އިޒް ވައިލްޑް...ޔޫ ވިލް ސީ ހިޒް ރޭޖް އޮން ސެޕްޓެމްބަރު 28 ،" ޕޯސްޓްގެ ކެޕްޝަންގައި ލިޔެފައިވެ އެވެ. ރަންބީރުގެ މި ޕޯސްޓަރ ޝެއާ ކުރަމުން އާލިއާ އޭނާގެ ލޫކްގެ މައްޗަށް ތައުރީފު އޮއްސާލާފައިވެއެވެ. 'ގަންގުބައި ކަތިވާދީ' ގެ ބަތަލާ ލިޔެފައިވަނީ "އޯ ހައި!" ބޫމް އިމޯޖީއަކާ އެކު އެވެ. ސާފުކޮށް އެނގޭ ގޮތުގައި އާ ޕޯސްޓަރުގައި ރަންބީރުގެ ސުވާވް އެކަކަމު ރަގްޑް ލޫކަށް އާލިއާ ވަރަށް ލޯބިކުރި އެވެ.

ބޫޝަން ކުމާރާއި މުރާދު ޚޭތާނީ ޕްރޮޑިއުސްކުރާ "އެނިމަލް" އިން ސެޕްޓެމްބަރު 28 އިން ފެށިގެން 2 މަސް ދުވަހުގެ ޕްރޮމޯޝަނަލް ކެމްޕޭން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިދިޔަ ހަފްތާގައި މީޑިޔާއިން ވަނީ ބުނެފައެވެ. 

 "އެނިމަލް" ކެމްޕޭން ފަށާނީ ރަންބީރުގެ އުފަންދުވަހުން ކަމަށާއި އޭގެ ފަހުން ޑިސެމްބަރު 1 ގައި ފިލްމު ރިލީޒް ކުރާންދެން އެސެޓް ޑްރޮޕް ކުރާނެ ކަމަށް ވެސް "އެނިމަލް"ގެ ޓީމް އިން ބުނެ އެވެ.