ސޯޝަލް މީޑިއާގައި ވިޖޭ އެންތަނީގެ ވީޑިޔޯއެއް ވައިރަލް ވެފައިވާއިރު އޭނާ ވަނީ ގޯސް ފިޔަވަޅު އެޅުމުން ދުރުހެލިވުމަށް އިލްތިމާސްކޮށް، ބައްޕަގެ މަރުގެ ވާހަކަ ވެސް ދައްކާފަ އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯގައި ވިޖޭ ވަނީ ދަތިތަކާ ކުރިމަތިލާއިރު ވެސް ހިތްވަރުގަދަކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އަދި ޒުވާން އުމުރުގައި އަމިއްލައަށް މަރުވުމުގެ ސަބަބުން ބައްޕަ ގެއްލުމާ ބެހޭ ގޮތުން ވާހަކަ ދައްކައި އެފަދަ ނުރައްކާތެރި ފިޔަވަޅެއް އެޅުމުން ދުރުހެލިވުމަށް ވިޖޭ ވަނީ އިލްތިމާސްކޮށްފަ އެވެ.
ވިޖޭ ބުނީ ދިރިއުޅުން ކިތަންމެ އުނދަގޫ ނަމަވެސް ނުވަތަ ކިތަންމެ ކަހަލަ އުނދަގުލެއް ކުރިމަތިވިޔަސް ދުވަހަކުވެސް މީހަކު އަމިއްލައަށް މަރުވެގެން ނުވާނެ ކަމަށެވެ. އެކްޓަރު އޭނާގެ ބައްޕަ އަމިއްލައަށް މަރުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހާމަކުރި ގޮތުގައި އޭނާ މަރުވީ ވިޖޭގެ އުމުރުން އެންމެ 7 އަހަރުގައި ކަމަށާއި ކޮއްކޮގެ އުމުރުން 5 އަހަރުގައި ކަމަށެވެ. ވިޖޭ އިތުރަށް ބުނީ މިފަދަ ހާދިސާތަކަކީ ކުޑަކުދިންނަށް ހިތްދަތިކަން ގެނެސްދޭނެ ހާދިސާތަކެއް ކަމަށެވެ. އެކްޓަރު ބުނީ މަންމައަށް އެކަނި ދެ ދަރިން ބަލަހައްޓަން ކިހާ އުނދަގޫ ކަމާއި ކުރިމަތިލާން ޖެހުނު ދަތިތައް އޭނާއަށް ފެނިފައިވާ ކަމަށެވެ.
ހަމަ މި އިންޓަވިއުގައި ވިޖޭ ވެސް ވަނީ ކުޑަކުދިން އަމިއްލައަށް މަރުވުމުގެ ވިސްނުން އަންނަ ވާހަކަ ދައްކާފައެވެ. އެކްޓަރު ބުނީ އާއިލާގެ މާލީ ހާލަތުގެ ސަބަބުން ބައެއް މީހުންނަށް މި ޚިޔާލުތައް ލިބިދާނެ ކަމަށާއި އަނެއް ބަޔަކަށް އިތުބާރު ކުރާ މީހަކު ޚިޔާނާތްތެރިވެފައިވާ ކަމަށް ހީވެދާނެ ކަމަށެވެ.
ވިޖޭ އިތުރަށް ބުނީ މިދުވަސްވަރު ކުދިންނަށް ކިޔެވުމުގެ ޕްރެޝަރު އިންތިހާއަށް ބޮޑު ކަމަށެވެ. އެކްޓަރު ވަނީ ސްކޫލަށް ފަހު ވަގުތުން ކުދިން ޓިއުޝަނަށް ފޮނުވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. “ހަނދާން ކުރާތި ތި އުޅެނީ އެމީހުންނަށް ވިސްނަން ވަގުތު ވެސް ނުދޭ. ޕްލީޒް އެގޮތަށް ނުހަދާށެވެ. އެމީހުންނަށް މިނިވަންވުމަށް ވަގުތުކޮޅެއް ދޭށެވެ. ބޮޑު މީހެއްގެ ހައިސިއްޔަތުން އަހަރެން ބޭނުންވަނީ އެކުދިންނަށް މުއްސަނދިކަމާއި ކާމިޔާބީއަށް މަސައްކަތް ކުރަން މަޖުބޫރުކުރުމުގެ ބަދަލުގައި އަމިއްލަ މީހާ ދެކެ ލޯބިވާން ދަސްކޮށްދީ އާއިލާގެ ފަރާތުން އެކުދިންނަށް ބޭނުންވާ ލޯބި ދިނުމަށް،” ވިޖޭ އިތުރަށް ބުންޏެވެ.
މި ވީޑިއޯ ދައުރުވާން ފެށީ އޭނާގެ ދަރިފުޅު، މީރާ އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނުތާ ގަޑިއިރެއްފަހުންނެވެ މީރާ މަރުވެފައި އޮއްވާ ފެނުނީ އެމީހުން ދިރިއުޅެމުންދިޔަ ގޭތެރެއިން ސެޕްޓެމްބަރު 19 ވަނަ ދުވަހު ކަމަށާއި ފުލުހުންގެ އޮފިޝަލުންނަށް ޝައްކު ކުރެވުނީ އަމިއްލައަށް މަރުވި މައްސަލައެއް ކަމަށާއި މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް އަށް ފޮނުވާފައިވާކަމަށް އިންޑިއާގެ މީޑިޔާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ ހަބަރުތަކުގައި ބުނާ ގޮތުގައި މީރާ އަކީ ކްލާސް 12 ގެ ދަރިވަރެއް ކަމަށާއި އޭނާ ވަނީ ސްޓްރެސް އާއި ޑިޕްރެޝަން އާއި ކުރިމަތިލާން ޖެހިފައިކަމަށެވެ.
