މުމްބާއީގެ ޖުހޫގައި ހުންނަ ވެޓެރަން އެކްޓަރު ދޭވް އަނަންދުގެ ގެ ބޮޑު އަގުގައި ވިއްކާލައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މަރުހޫމް ސުޕަސްޓާ އަނބިމީހާ ކަލްޕަނާ ކާރްޓިކް އާއި ދަރިން ސުނިއެލް އަނަންދު އަދި ޑެވިނާ އަނަންދު އާއި އެކު ދިރިއުޅުން ގެ ރިއަލް އެސްޓޭޓް ކުންފުންޏަކަށް ވިއްކާލާފައި ވަނީ ވަރަށް ވެސް ބޮޑު އަދަދަކަށެވެ. އެ ގެ ހުރީ ޕްރައިމް ލޮކޭޝަނެއްގައި ކަމުން މިހާރު ވެރިފަރާތުން ބޭނުންވަނީ ގިނަ ބުރީގެ ޓަވަރަކަށް މިގެ ބަދަލުކުރުމަށެވެ. މި ޑީލް ދާދި ފަހުން ފައިނަލްކޮށްފައިވާއިރު، ގާނޫނީ ގޮތުން ނިންމަން ޖެހޭ ކަންތައްތައް ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މައުލޫމާތުލިބެ އެވެ.
އިންޑިޔާގެ މީޑޔާއެއް ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ދޭވް އަނަންދުގެ ގެ 22 ބުރީގެ ޓަވަރަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. އެކްޓަރުގެ ގެ ހުރީ މުމްބާއީގެ ޖުހޫ ސަރަހައްދުގައި ކަމަށާއި އެ ގެ ގަނެފައިވަނީ ވަރަށް މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުންޏަކުން ކަމަށްވެސް މި ރިޕޯޓުގައިވެއެވެ. "އެއީ ލޮކަލިޓީގައި ފާހަގަކޮށްލެވޭ ސިނާއީ މާހިރުންގެ ބަންގަލޯތައް ހުންނަ ޕްރައިމް ލޮކޭޝަނަކަށް ވާތީ ގާތްގަނޑަކަށް350-400 ކްރޯޑް ރުޕީސްގެ އަގަށް ވިއްކާފައި ވަނީ،" ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.
ދޭވް އަނަންދު އެއްފަހަރަކު އޭނާގެ ހުވަފެނަކީ ޖޫހޫގައި ބިނާކުރުންކަމަށްބުނެފައިއެވެ. މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އެކްޓަރު ބުނީ 1950 ވަނަ އަހަރު އޭނާގެ ގެ އެޅިއިރު އެތަން މާ ބޮޑަށް އެނގިފައި ނުވާތީ ޖުހޫވެގެން ގޮސްފައިވަނީ ވަރަށް މަޑުމައިތިރިތަނަކަށްކަމަށެވެ. ދޭވް އަނަންދު ބުނީ ޖުހޫ އަކީ އޭރު ކުޑަ އަވަށެއްކަމުން އެތަން ވަރަށް ހިތްގައިމުކަމަށެވެ.
ޖުހޫގައި އުޅެން ކަމުދާ ކަމަށް ވެޓެރަން އެކްޓަރު އެއްބަސްވަމުން ކުރިން ދިން ޢިންޓަވިއުތަކުގައި އޭނާ ސަބަބަކަށް ބުނީ އޭނާ އަކީ އެކަހެރި ދިރިއުޅުމަކަށް ލޯބިކުރާ މީހެއްކަމަށް ވުމުންކަމަށެވެ. ދޭވް އަނަންދު އެ އިންޓަވިއުގައި އިތުރަށް ބުނީ ޖުހޫ ތޮއްޖެހިފައިވާ ކަމަށާއި ހާއްސަކޮށް ބަންދު ދުވަސްތަކުގައި މީހުން ގިނަ ކަމަށެވެ.
