ބޮލީވުޑްގެ ސުޕަރސްޓަރ އަމީތާބް ބައްޗަންގެ ސުޕަރ ހިޓް އެތައް ފިލްމުތަކެއްގެ ލިޔުންތެރިޔާ ކަމަށްވާ ޕްރަޔާގް ރާޖް މިދިޔަ ހޮނިހިރު ދުވަހު މަރުވެއްޖެއެވެ. އޭނާގެ ދަރިފުޅު އަދިތިޔާ މަޢުލޫމާތު ދޭ ގޮތުގައި އޭނާ މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ހާއިރުއެވެ. 

އޭނާ މަރުވެފައިވަނީ އެތައް ބަލިތަކެއް ތަޙައްމަލްކުރަމުން ދަނިކޮށް ކަމަށް ވެސް އަދިތިޔާ ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި މުސްކުޅިވެ ގައިބާރު ދެރަވުމުން ދިމާވާ އެކި ކަހަލަ ބަލިތައް ހިމެނެއެވެ.

އަމީތާބްގެ "ނަޞީބް"، "ކޫލީ"، މަރްދް"، ސުހާގް"، ގެ ލިޔުންތެރިޔާ ރާޖް ވަނީ 100އަށްވުރެ ގިނަ ފިލްމު، ލިޔުންތެރިއެއްގެ ގޮތުގައި، އަދި މަދު ފިލްމެއްގެ ލަވަތަކެއްގެ ލިޔުންތެރިއެއްގެ ގޮތުގައި  ވެސް ކާމިޔާބުކޮށްފައެވެ.

Why You Should Watch Manmohan Desai's 1977 Classic Amar Akbar Anthony

އަދި ހަމައެހެންމެ އަމީތާބް، ރަޖިނީކާންތު އަދި ކަމާލް ހަސަން ލީޑް ރޯލުން ފެނިގެންދާ "ގެރަފްތާރު" ވެސް އޭނާ ލިޔުނުއިރު، ރާޖޭޝް ޚަންނާގެ "ރޯޓީ"، ދަރުމެންދްރާ ޖީތަންދްރާގެ "ދަރަމްވީރު" އަދި "އަމަރް އަކްބަރް އެންތަނީ" ގެ ސްކްރީންޕްލޭ އަށް ވެސް އޭނާ ކޮންޓްރިބިއުޓް ކުރިއެވެ. ލިޔުންތެރިއެއްގެ ގޮތުގައި އޭނާ އެންމެ ފަހުން މަސައްކަތްކުރި ފިލްމަކީ ރަމަނަތަން ޑައިރެކްޓްކުރި، ރިލީޒް ނުކުރެވުނު ފިލްމު "ޒަމާނަތު" އެވެ. 

ބޮލީވުޑްގެ އެތައް ތަރިންނެއް ޕްރަޔާގް މަރުވުމާ ގުޅިގެން ދަނީ ސޯޝަލް މީޑިއާގައި ހިތާމަތައް ފާޅުކުރަމުންނެވެ.