ލޮކްޑައުންއާއި ގުޅިގެން އަބަދު ގޭގައި ތިބެންޖެހުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ދިވެހިންގެ ތެރޭގައި ޓްރޭޑް ކުރުމާއި އަދި ކުރިޕްޓޯ ކަރަންސީއަށް މީހުން އަހުލުވެރިވުމެވެ. 2011 ވަނަ އަހަރު ވުޖޫދަށް އައި ބިޓް ކޮއިންގެ މައުލޫމާތު ކުރިން އެނގުނުނަމައޭ ހިތައް އެރި އެތައް ބަޔަކު މިހާރު ދިވެހިންގެ ތެރޭގައި ތިބިކަން ފާހަގަ ކުރެވެއެވެ. 2011 ވަނަ އަހަރު އެއް ބިޓް ކޮއިންގެ އަގަކީ 1 ޑޮލަރެވެ. ނަމަވެސް މިއަދު މިވަނީ އެއް ބިޓްކޮއިންގެ އަގު 17000 ޑޮލަރަށް އަރާފައެވެ. ނަމަވެސް މިއާޓިކަލްގައި ހިއްސާ ކޮއްލަން މި އުޅެނީ ބިޓްކޮއިން ގެ ވާހަކައެއް ނޫނެވެ. ކުރިޕްޓޯ ކަރަންސީގެ އައު ބިޒްނަސް މޮޑެލްއެއް ކަމަށްވާ ސެލްސިއަސް ނެޓްވޯކްގެ ވާހަކައެވެ. އެހެން ކްރިޕްޓޯ ކަރަންސީއާއި ސެލްސިއަސް ނެޓްވޯކް ތަފާތުވާ ސަބަބުތަކާއި އަދި ފައިދާތަކަށް މި އާޓިކަލްގައި އަލިއަޅުވާލާނަމެވެ.
ސެލްސިއަސް ނެޓްވޯކް އަކީ ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ވޮލެޓެކެވެ. މިވޮލެޓް ވުޖޫދަށް އައިސްފައިވަނީ 2017 ވަނަ އަހަރުގެ ކުރީ ކޮޅުއެވެ. މިހާރު ސެލްސިއަސް ކޮއިންއެއްގެ އަގު މި ނޮވެމްބަރ މަހުގައި އެވްރެޖްކޮށް ހުރީ 2 ޑޮލަރުގައެވެ. މީގެ މާނައަކީ އެއް ޑޮލަރަށް ހުރި އިރު އިންވެސްޓް ކުރި ނަމަ މިހާރު އެ އިންވެސްޓް ކުރި އަދަދު ހުންނާނީ ދެގުނައަށް ބޮޑުވެފައެވެ. 1000 ޑޮލަރު އިންވެސްޓް ކުރިނަމަ 2000 ޑޮލަރަށް މިހާރު ހުންނާނީ އަގު އުފުލިފައެވެ.
ބެންކުގައި ކިތައްމެ ގިނަ ދުވަހު ފައިސާރައްކާކުރިޔަސް އޭގެއިން ރާހަތެއް ކުރަނީ ވަރަށް ދުވަހުންނެވެ. ނަމަވެސް ސެލްސިއަސްއިން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެމީހެއްގެ ސެލްސިއަސް ވޮލެޓްގައި ހުރި އަދަދަކަށް ނިސްބަތްކޮށް ޑިވިޑެންޑް ޝެއަރ ކުރެއެވެ. ސެލްސިއަސްއިން ބޮޑެތި ހެޖް ފަންޑް ތަކަށް ލޯން ދޫކޮށްގެން ލިބޭ ފައިދާގެ 80 އިންސައްތަ ބަހަނީ ސެލްސިއަސްގެ ކަސްޓަމަރުންނަށެވެ. އަދި ބާކީ 20 އިންސައްތަ ސެލްސިއަސް ވޮލެޓްގެ އޮޕަރޭޝަނަށް ބޭނުން ކުރެއެވެ.
ސެލްސިއަސް ވޮލެޓްގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަކީ ލޯން ދޫކުރާ ހިދުމަތެވެ. ކޮލޭޓްރަލްގެ ގޮތުގައި ކަނޑައެޅޭ ވަކި އަދަދެއް ބެހެއްޓުމަށްފަހު އާދަޔާ ހިލާފު ކުޑަ އިންޓަރެސްޓްގައި ލޯން ދޫކުރެއެވެ. ދިރިއުޅުމުގެ ހާލަތު ނިޔާކުރާ ގޮތުން ބޮޑު ކަމެއް ކުރިމަތިވުމުން ކުއްލިއަކަށް މާލީ އެހީއަށް ބޭނުންވާ ދަނޑިވަޅު އާދެއެވެ. ނަމަވެސް އަގު ދަށްކޮން ހުއްޓާ އިންވެސްޓް ކުރި ޑިޖިޓަލް ވޮލެޓްގައި ހުރި ކޮއިން ކޮޅު ވިއްކާލުމަށްފަހު ނަގުދު ފައިސާ ނަގަންބޭނުން ނުވާފަހަރު އާދެއެވެ. މިގޮތައް ލޯން ދޫކުރުމުން ސެލްސިއަސް ވޮލެޓްގައި ހުރި ކޮއިންތައް ވިއްކާނުލައި ނަގުދު ފައިސާ ލިބޭގޮތްވެއެވެ. އަދި މިދޫކުރާ ލޯން 6 މަހާއި 3 އަހަރުގެ މުއްދަތައް ބަހާލެވެއެވެ.
މިހާ ހިސާބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ ސެލްސިއަސް ވޮލެޓަށް އިންވެސްޓްކުރެވުނު ފައިސާއިން ލިބުނު ފައިދާ ތިމާގެ އެކަންޓަށް ވިތްޑްރޯ ކުރެވޭނެތޯއެވެ. ސެލްސިއަސް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސީދާ ތިމާގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފީޗާއެއް އަދި މި އެޕްލިކޭޝަންއަކު ހިމެނިފައެއް ނުވެއެވެ. ނަމަވެސް ސެލްސިއަސް ވޮލެޓްގައި ހުރި ފައިސާތައް ސީ.އީ.އެކްސް ފަދަ ކޮއިން ބޭސްޑް އެހެން ވޮލެޓްއަކަށް ޓްރާންސްފައި ކުރުމަށްފަހު ފައިދާގެ ގޮތުގައި ލިބުނު ފައިސާ ނެގެއެވެ.
ސެލްސިއަސް ނެޓްވޯކް ނުވަތަ ވޮލެޓްއަށް ރަޖިސްޓަރ ކުރުމަށް ބައެއް ފަހަރު އިތުރު ލިޔުންތައް ފޮނުވަން ޖެހުނު ނަމަވެސް އާންމު ގޮތެއްގައި ޕާސްޕޯޓް މެދުވެރިކޮށް ރަޖިސްޓަރ ކުރެވެއެވެ. ރަޖިސްޓަރ ކުރުމަށްފަހު ޑެބިޓް އަދި ކްރެޑިޓް ކާޑުން ސެލްސިއަސް ކޮއިން ގަނެވެއެވެ. ހަމަ އެއާއި އެކު ކްރިޕްޓޯ ކަރަންސީގެ އެހެންކޮއިންތައް ބޭނުން ކޮށްގެންވެސް ސެލްސިއަސް ކޮއިން ގަނެވެއެވެ. ތިރީގައި ޝެއަރ ކުރެވިފައިއެވަނީ ސެލްސިއަސް ނެޓްވޯކް ޑައުންލޯޑްކޮށް އިންސްޓޯލް ކުރެވިދާނެ ލިންކެކެވެ. https://celsiusnetwork.app.link/12062490fb
