މަޝްހޫރު ރެޕަރ މެގަން ތީ ސްޓޭލިއަން ވަނީ ނަފްސާނީ ސިއްހަތުގެ މައްސަލަތައް ހައްލުކުރުމުގައި މުހިންމު ކަމުގެ ވާހަކަ ދައްފައެވެ. މިދިޔަ އަހަރު އޭނާ ވަނީ ކަޅު އަންހެނުންނާ ހަމައަށް ވާސިލްވުމަށް ހާއްސަ ސަމާލުކަމެއް ދީގެން ނަފްސާނީ ސިއްހަތުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ވެބްސައިޓެއް ތައާރަފްކޮށްފަ އެވެ.
މިހާރު އޭނާ ވަނީ ސައިޒް ދަ އޮކްވާޑް ކެމްޕޭނާ ގުޅިގެން ޒުވާނުންނަށް އެކަހެރިވުމުގެ އިހުސާސްތަކާ ދެކޮޅަށް މަސައްކަތްކޮށް، އުއްމީދުގެ މެސެޖެއް ހުށަހެޅުމުގެ މަގުސަދުގައި އާންމު ހިދުމަތުގެ އިޝްތިހާރެއް ނެރެފަ އެވެ.
އޭނާގެ ކުރު ނަމަވެސް އަސަރުގަދަ ޕަބްލިކް ސާވިސް އިޝްތިހާރުގައި މެގަން ތީ ސްޓޭލިއަން ވަނީ މުޖުތަމައުގައި ކަޅު އަންހެނުންނަށް ކުރިމަތިވާ ޕްރެޝަރުތަކާ ބެހޭ ގޮތުން ސާފުކޮށް ވާހަކަ ދައްކާފައެވެ. "ބްލެކް ޑޯންޓް ކްރެކް" ގެ ސްޓިރިއޯޓައިޕަށް އޭނާ ގޮންޖަހަމުން ބުނީ ހަމަ ގައިމުވެސް އެކަން ކުރެވިދާނެ ކަމަށް ގަބޫލުކުރާކަމަށެވެ.
އޭނާގެ މެސެޖުގައި ވާ ގޮތުން ވަލްނަރެބިލިޓީ ގަބޫލުކުރުމަކީ އޯކޭ ކަމެކަމަށާއި، އަދި ނަފްސާނީ ގޮތުން އޯކޭ ނުވުމަކީ ވެސް މައްސަލައެއް ނޫންކަމަށެވެ. އޭނާ އިތުރަށް ހާމަ ކުރި ގޮތުގައި ގާތް މީހުންނާއި ލޯބިވާ މީހުން ގެ ނަފްސާނީ ކަންކަމާއި މެދު ވާހަކަ ދެއްކުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ.
