ރާއްޖެއިން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 107 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ޕޮޒިޓިވް ވެފައިވަނީ 73 ދިވެހިންނާއި ބަންގްލަދޭޝް މީހުންނާއި29 މީހުންނާއި އިންޑިއާގެ 6 މީހަކާއި ސްރީލަންކާ އަދި ޕިލިޕިންސް ކޮންމެ ގައުމަކުން އެކަކު ކަމަށެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް 5679 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 140 މީހުން މާލޭ ސިޓީން ޕޮސިޓީވްވެފައިވާ އިރު، އަނެއް ތިން މީހުންނަކީ އައްޑޫ ސިޓީ ހޯމް ކަރަންޓީންގައި ތިބި ދެ މީހަކާއި ބ. ކަމަދޫ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.
މިއަދު ހަވީރު 6:00 ގެ ނިޔަލަށް ކޯވިޑަށް ފަރުވާ ދެމުން ދިޔައީ 2،218 މީހުންނަށެވެ. އޭގެ ތެރެއިން 129 މީހަކަށް ފަރުވާ ދެމުން ދަނީ ކޯވިޑް ފެސިލިޓީތަކުގައި އެޑްމިޓް ކޮށްގެންނެވެ.
ކޯވިޑަށް ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން 2،804 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހިފައިވަނީ 5،041 މީހަކަށެވެ. އޭގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައެވެ.
ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރު ފެތުރެންފެށި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ލޮކްޑައުން ދިނުމަށްފަހު، ދިން ލުޔާއެކު، ކޮވިޑަށް ޕޮޒިޓިވް ވާ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.
