ސިނަމާ އަށް ކުރިއަށް އަންނަން އޮތް ފިލްމު "އެނިމަލް" އަކީ މި އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ.
ހުނަރުވެރި ކާސްޓުންނާއި އެކު ތަފާތު ވާހަކައަކަށް ހަދާ މި ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ދާދި ފަހުން އެމީހުންގެ ސޯޝަލް މީޑިއާގައި ރަންބީރު ކަޕޫރާއި ރަޝްމީކާ މަންދާނާ އަދި ބޮބީ ޑިއޯލްގެ ތިން ޕޯސްޓަރެއް ހާމަކޮށްފައެވެ. މި ޕޯސްޓަރުތަކުގެ ވަރުގަދަ އެކްސްޕްރެޝަންތަކާއެކު، ފިލްމު ބެލުމުގެ ފޯރި ފޭނުންގެ މެދުގައި ގަދަ ވެގެން ދިޔައެވެ. ފިލްމު ރިލީޒް ކުރުމުގެ ކުރިން ފިލްމު އުފައްދާ ފަރާތްތަކުން މިހާރު ވަނީ ޓީޒާ ދައްކާލާފައެވެ.
މިއަދު ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރަންބީރު ކަޕޫރާއި ރަޝްމީކާ މަންދާނާގެ ފިލްމު "އެނިމަލް"ގެ ޓީޒާ ރިލީޒް ކުރުމާއިއެކު ރަންބީރުގެ އަންހެނުން އާލިއާ ބަޓް ވަނީ އޭނާގެ އިންސްޓަގްރާމްގައި ޓީޒާ ހިއްސާކޮށްފަ އެވެ. އޭނާ އެ ޓީޒާ ސެއާރ ކުރަމުން ބުނެފައިވަނީ މި ފިލްމާއި ބެހޭ ގޮތުން އިތުރަށް ފާހަގަ ދައްކަން ނުޖެހޭނެކަންވެސް މި ޓީޒާއިން އިނގިގެންދާނެކަމަށާއި މި ފިލްމުވެގެން ދާނީ ވަރަށް ވެސް ތަފާތު އަދި ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ފިލްމަކަށްކަމަށެވެ.
ފިލްމުގެ ޓީޒާއިން ފެނިގެން ދަނީ ބައްޕައާއި ދަރިފުޅުގެ ފުން ގުޅުމެވެ. ޓީޒާގައި ރަންބީރު ކަޕޫރު، އަނިލް ކަޕޫރު، ބޮބީ ޑިއޯލް، އަދި ރަޝްމީކާ މަންދާނާ ވެސް ފެނިގެންދެއެވެ. މީގެ އިތުރުން ފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޓްރިޕްޓީ ޑިމްރީ، ޝަކްތީ ކަޕޫރު، އަދި ސައުރަބް ސަޗްދޭވާ ހިމެނެ އެވެ.
މި ފިލްމުގައި ފެނިގެން ދާނީބައްޕައަކާއި އޭނާގެ ދަރިފުޅާ ދެމެދު އޮންނަ އުނދަގޫ ގުޅުމެވެ. މި ވާހަކައިގައި ރަންބީރުގެ ކެރެކްޓާގެ ބައްޕަ ބަލްބީރު ސިންގްގެ ރޯލުން ފެނިގެންދަނީ ވެޓެރަން އެކްޓަރު އަނިލް ކަޕޫރެވެ. އަންހެން ލީޑް ރޯލުން ފެނިގެންދާ ސައުތު އިންޑިއާގެ މަޝްހޫރު ބަތަލާ ރަޝްމިކާ ކުޅެފައިވަނީ ރަބީރު އަންހެނުން، ގީތަންޖަލީގެ ރޯލުންނެވެ.
ފިލްމު "އެނިމަލް" ސިނަމާތަކަށް ރިލީޒް ކުރާނީ ޑިސެމްބަރު 1، 2023 ގަ އެވެ.
