ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 1،344،692 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއީ ނިމިދިޔަ 2022 ވަނަ އަހަރުގެ އެ މުއްދަތާއި އަޅައިބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،180،211 ފަތުރުވެރިންނެވެ. އަދި އެ އަދަދު 2021 ވަަނަ އަހަރު ހުރީ 1،321،937ގައެވެ.

މީގެ އިތުރުން ނިމިދިޔަ ސެޕްޓެމްބަރު މަހު އެކަނި ވެސް 114،611 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެ ޤައުމުން 155،721 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައިގައި އޮތް އިންޑިއާއިން ރާއްޖެ 147،527 ފަތުރުވެރިން އައިސްފައިވާއިރު ތިންވަނައިގައި އޮތް ޗައިނާއިން 140،666 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މި ޤައުމުތަކުގެ އިތުރަށް ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތާއި، ޖަަރުމަނާއި، އެމެރިކާއާއި، ފްރާންސްގެ އިތުރުން ސްޕެއިންއާއި ސްވިޒަލޭންޑުންނެވެ.