މިމަހުގެ 25 ވަނަ ދުވަހު މަރުވި ފުޓުބޯޅަތަރި މެރެޑޯނާގެ މަރުގައި ޝައްކުކުރެވޭ ކަންކަންހުރި ކަމަށް އޭނާގެ ދެދަރިން ބުނުމުން އެކަމުގައި ޑޮކްޓަރުގެ އިހުމާލު އޮތްތޯބެލުމަށް ތަހުގީގުކުރަން ފަށައިފިއެވެ.
ސިކުނޑީގެ އޮޕަރޭޝަނެއްކޮށް ބަލިވެ އުޅުމަށްފަހު ހިތްހުއްޓިގެން މަރުވި މެރެޑޯނާގެ ޑޮކްޓަރުގެ ގެއަށް ތަހުގީގު އިދާރާތަކުން ވަދެ ބަލާ ފާސްކުރުމުން އޭނާއަށް ވަނީ ބޮޑު ޝޮކެއްލިބިފައިވަނީ ޑޮކްޓަރު ހާމަކުރިއެވެ. މީޑިޔާއަށް މައުލޫމާތުދެމުން ޑޮކްޓަރު ބުނީ، "އަހަރެންނަކީ ގުރުބާން ކުރެވޭ ކަންބަޅިއެއް. ޑިއޭގޯގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރިން" މިހެންނެވެ. އަދި މެރެޑޯނާގެ މަރުގައި އޭނާގެ އެއްވެސް އިހުމާލެއް ނުވާނެކަމަށާ ގަސްތުގައި ވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ފެންކަޅިވެ ހުރެ ޑޮކްޓަރު ވަނީ ކިޔާދީފައެވެ.
މެރެޑޯނާ މަރުވެފައިވަނީ އޭނާއަށް ދިންބޭހުގެ ސަބަބުންކަމަށް ބުނެ މެރެޑޯނާގެ އަންހެން ދެ ދަރިން ކަމަށްވާ ޑަލްމާ އަދި ގިއަނާވަނީ އިއްޔެގެ ވަގުތެއްގައި މި މައްސަލަޕޮލިހަށް ހުށައަޅާފައެވެ. މި މައްސަލައާއި ގުޅިގެން ދިފާޢުގައި ވާހަކަދައްކަމުން އޭނާގެ ޒަމާންވީ ރަހްމަތްތެރިޔާ އަދި ޑޮކްޓަރު ބުނީ މެރެޑޮނާ އަކީ މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށާ، އޭނާގެ ބޭނުން ނޫން ކަމެއް އޭނާ ލައްވާ އެއްވެސް މީހަކަށް ނުކުރެވޭނެކަމަށެވެ. އަދި އުމުރުގެ އެންމެ ފަހު ދުވަސްކޮޅުވެސް އެފަދަތަކެތި ބޭނުންކޮށްގެން އަމިއްލަނަފްސަށް ގެއްލުން ދެމުން ދިޔަކަމަށްވެސް ޑޮކްޓަރު ކިޔާދިނެވެ.
