ރަޖިނީކާންތުގެ ދެން އަންނަ ފިލްމުގެ ކާސްޓެއް ގޮތުގައި ފަހުދު ފާސިލް ހިމެނިގެންދާ މި ފިލްމު ނަމަކީ ތަލައިވާ 170 ކަމުގައި މި ފިލްމުގެ ޓީމުން ބުނެފިއެވެ. މިކަން އިއުލާނުކޮށް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ކުރި ޓްވީޓެއް ގައި ވާގޮތުން މި ފިލްމުގެ ކާސްޓުންގެ ޓީމަށް ވަރުގަދަ އަދި މޮޅު އެކްޓަރު ފަހުދު ފާސިލް އިތުރުވެފައި ވާ އިރު މި ފިލްމުވެގެން ދާނީ ވަރަށްވެސް މޮޅު އަދި ތަފާތު ފިލްމެއްގެ ގޮތުގައި ކަމަށެވެ.

ތަލައިވަރ 170 ފުރިހަމަ ވަމުން އަންނަ އިރު ބެލުންތެރިން ވަނީ ޖޭ ބީމްގެ ޑައިރެކްޓަރު ޓީޖޭ ގްނާނަވެލް އޭނާގެ ދެން އަންނަ ފިލްމު ބަލާލުމަށް ކެތްމަދުވެފައެވެ. ކޮމްޕްލެކްސް އަދި އިމޯޝަނަލް ވާހަކަތައް ވިސްނައިގަތުމުގެ އޭނާގެ ގާބިލްކަމަކީ ޝައުގުވެރި ތަޖުރިބާއަކަށް ވާނެ ކަމަށާއި ހާއްސަކޮށް ރަޖިނީކާންތު، ރަނާ ދައްގުބާތީ، އަދި މިހާރު ފަހާދު ފަސިލް ފަދަ ޕަވަރހައުސް އެކްޓަރުނާއި އެކު ހަދާ ފިލްމަކަށް ވުމުން މި ފިލްމު ބެލުމަށް ގިނަ ބަޔަކު ވަނީ ކެތްމަދުވެފައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީގެ އިތުރުން މަޝްހޫރު ތަރިން ކަމުގައިވާ  މަންޖޫ ވޮރިއާ، ދުޝާރާ ވިޖަޔަން، އަދި ރިތިކާ ސިންގް ވެސް ވަނީ ރަސްމީކޮށް މި ފިލްމާ ގުޅިފައެވެ. މީގެ އިތުރުން މި ފިލްމުގެ މިއުޒިކް އާއި ހަވާލުވެފައި ވަނީ ރަޖްނީކާންތާއި އެކު ބޮޑެތި ފިލްމު ޕްރޮޖެކްޓުތަކެއް ގައި މަސައްކަތް ކޮށްފައިވާ އަނީރުދް ރަވީޖަންދަރާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. 

އެކްޓަރު ފަހާދު ފަސިލް ދާދި ފަހުން ތަމަޅަ ފިލްމު "މާމަންނާން" ގެ ލީޑް ރޯލުން ފެނިގެންދިޔަ އިރު މި ފިލްމަށް ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެ ތައުރީފު ލިބިފައިވެއެވެ.  އޭނާ މިހާރު ދަނީ ޕުޝްޕާ 2: ދަ ރޫލް އާއި ‘ރޮމަންޗަމް’ ގެ މަޝްހޫރު ޑައިރެކްޓަރު ޖިތޫ މަދަވަން ޑައިރެކްޓްކުރާ ފިލްމު އަވޭޝަމްގެ ޝޫޓް ވެސް ކުރަމުންނެވެ.

ތަލައިވާ 170 ރިލީޒް ކުރާ ތާރީހެއް އަދި އެނގިފައި ނުވާ އިރު މި ފިލްމުގައި ރަޖިނީކާންތު ރިޓަޔާޑް ފުލުހެއްގެ ރޯލު އަދާކުރާނެ ކަމަށް އަޑު ފެތުރިފައިވެ އެވެ.