މަހަކީ ވަރުގަދަ، އަދި ބައެއް ފަހަރު ވަރަށް ނުބައި، ވަހެއް އެކުލެވޭ އެއްޗެކެވެ. އެކަމަކު މަހުގަ ވަހެއް އުފެދެނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ، އަދި ކައްކާއިރު އެކަމުން ދުރުހެލިވާނެ ގޮތެއް އެބައޮތް ހެއްޔެވެ؟
މަހުގެ ވަހަކީގިނައިރުވާ ވަރަކަށް މަހުގެ ޕްރޮޓީންތަކާއި ސަރުބީތައް ހޫނާއި އޮކްސިޖަން އަށް ހުށަހެޅުމުން ދިމާވާ މައިކްރޯބިއަލް އަދި ކެމިކަލް ރިއެކްޝަންތަކުގެ ނަތީޖާ އެވެ. ތާޒާ މަހުގައި ކަނޑުގެ ލޮނުވަހާއި އެއްފަދަ މަޑު ވަހެއް ހުންނަން ޖެހެއެވެ. އެއީ "ވައްތަރެއްގެ ކަނޑުމަހުގެ ވަހެއް" ކަމަށް ޔުނިވާސިޓީ އޮފް މެސެޗުސެޓްސް އެމްހެރސްޓްގެ ޑިޕާޓްމަންޓް އޮފް ފުޑް ސައިންސްގެ ޕްރޮފެސަރު އެރިކް ޑެކަރ ވިދާޅުވި އެވެ.
ނަމަވެސް މާ ވަރުގަދަ، ވަސްތަކަކީ މަސް ހަލާކުވުމުގެ ފުރަތަމަ އަލާމާތްތަކެވެ. އާންމުކޮށް މިކަން ކުރިމަތިވަނީ މަހުގައި ބެކްޓީރިއާ އުފެދޭތީއެެވެ. އެއީ މަސް ބާނާ ދުވަހުން ފެށިގެން ސުޕަމާކެޓަށް ވާސިލްވާ ދުވަހާއި ހަމައަށް އެތައް ދުވަހެއް ވެދާނެ އެވެ. އެ މުއްދަތުގައި މަހުގައި ގުދުރަތީ ގޮތުން ހެދޭ ބެކްޓީރިއާ އިން ޓްރައިމެތައިލަމިން އެން އޮކްސައިޑް (ޓީއެމްއޭއޯ) ކިޔާ ޖަރާސީމީ ކޮމްޕައުންޑެއް ބޭނުން ކުރަން ފަށައެވެ.
"މިއީ ފިނި ފެނުގައި ދިރިއުޅޭ މަހަށް އެންޓިފްރީޒް އެއް ފަދަ އެއްޗެއް،" ޑެކަރ، ލައިވް ސައިންސް އަށް ކިޔައިދިނެވެ. މި ސައިކްރޮފިލިކް — ނުވަތަ ފިންޔަށް ލޯބިކުރާ — ބެކްޓީރިއާތަކުން ޓީއެމްއޭއޯ ބަދަލުކުރަނީ ޓްރައިމެތައިލަމިން (ޓީއެމްއޭ) އަށް ކަމަށްވާއިރު، މިއީ މަހުގައި ހުންނަ، އެމޯނިއާ ފަދަ ވަސް އުފައްދާ މޮލިކިއުލް އެވެ. ކޯޑް އަދި ހެޑޮކް ފަދަ ފިނި ފެނުގައި އުޅޭ ބާވަތްތަކަށް ޓީއެމްއޭ އިން މި ވަސް އެހެން ބާވަތްތަކަށް ވުރެ އަވަހަށް އުފެދިދާނެ ކަމަށް ޑެކަރ ވަނީ ދިވާޅުވެފައެވެ.
މަސް ހިފުމާއެކު އުފެދިގެންދާ އެންޒައިމްތަކުން ވެސް މަހުގެ ވަސް އުފެދިދާނެއެވެ. މަހުގައި ހުންނަ ބެކްޓީރިއާތަކުން އެމިނޯ އެސިޑެއް ކަމަށްވާ ލައިސިން ކެޑަވަރިން އަށް ބަދަލުކުރެއެވެ. އެއީ ދިރުންހުރިތަކެތި ޑީކޮމްޕޯސްކުރާ މޮލިކިއުލްއެއް ކަމަށް އެމެރިކަން ކެމިކަލް ސޮސައިޓީން ބުނެ އެވެ.
ކެމިކަލް ރިއެކްޝަންތަކުގެ ސަބަބުން މަހުގެ ވަސްތައް ވެސް އުފެދިދާނެ އެވެ. މިކަން ދިމާވަނީ ލިޕިޑްސް ނުވަތަ ފެޓް އޮކްސިޑޭޓް ވުމުންނެވެ. މަހަކީ އޮމެގާ-3 ފެޓީ އެސިޑްގެ މުހިއްމު މަސްދަރެކެވެ. މި ފެޓްތައް އޮކްސިޖަން އަށް ހުށަހެޅުމުން އޮކްސިޑޭޓްވެ ގިރިގެންގޮސް ވަސް އުފައްދާ ކުދިކުދި، މޮލިކިއުލްތަކަކަށް ވެގެންދާ ކަމަށް ޑެކަރ ވިދާޅުވި އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން