އިންގްލޭންޑްގެ ސަރުކާރުން ވަނީ ކޮވިޑް 19 އާއި ގުޅިގެން އާ ލޮކްޑައުން ޕްރޯޓޯކޯލް އެއް ގާއިމްކޮށްފައިއެވެ. އެގޮތުން ބޭރުގައި ހޭދަވާ ވަގުތު މަދުކޮށް އެއްގެއެއް ގައި ދިރި ނޫޅޭ މީހުންނާއި ބައްދަލުކުރުން ވިހާވެސް ބޮޑަށް މަދު ކުރަން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން އެއްގެއްގައި ދިރިނޫޅޭ އާއިލާ މީހުންނާއި ބައްދަލުކޮށް ގިނަބަޔަކު އެއްތަން ވުމަކީވެސް ކުރުން އެކަށީގެންވާ ކަމެއް ނޫން ކަމަށް ރައްޔިތުންނަށް ސަރުކާރުން ވަނީ އަންގާފައެވެ. އަދި މީހުންނާއި ޖިސްމާނީގޮތުން ގާތް ވުމަކީވެސް މާބޮޑަށް ކުރުން އެދެވިގެން ވާކަމެއް ނޫންކަމަށް ވެސް ރައްޔިތުންނަށް ވަނީ ސަރުކާރުން އިރުސާދު ދީފައިއެވެ.

ނަމަވެސް ރީޓާ އޯރާ މިވަނީ މިއެންގުން ތަކަށް ބީރު ކަންފަތެއްދީ އެކަންކަމާއި ހިލާފްވާގޮތަށް ޕާޓީ އެއް ބާއްވާފައެވެ. ޔޫގޮސްލާވިޔާ އަށް ނިސްބަތް ވާ 30 އަހަރުގެ ރީޓާ މިވަނީ 30 މީހުނަނާއި އެކު އޭނާ 30 ވަނަ އުފަންދުވަސް  ވެސްޓް ލަންޑަންގެ އަވަށެއް ކަމުގައިވާ ނޮޓިންގް ހިލްސްގެ  "ކާސާ ކުރޫޒް" ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައި ސިއްރުން ފާހަގަކޮށްފައިއެވެ.

މަންޒަރުދުށް ފަރާތްތަކުން ދަ ޑެއިލީމޭލް ޔޫކޭ އަށް މައުލޫމާތު ދިން ގޮތުގައި މިރެސްޓޯރެންގެ ބޭރުން ޕޮލިހުން ފެނިފައިވާކަމަށާއި އެ މީހުން ވަނީ އެ ރެސްޓޯރެންޓް ގެ ދަގަނޑު ދޮރެއް ހުޅުވައިގެން އެތެރެއަށް ވަންނަން މަސައްކަތްކޮށްފައި ކަމަށެވެ. އަދި އިތުރަށް މައުލޫމާތު ދެމުން އެފަރާތުން ވިދާޅުވީ އެ ޕާޓީ އަށް އެންމެން ވަނުމުން އިތުރު މީހަކު ވަދޭތޯ ބަލަން އެތާނގައި ސެކިއުރިޓީ ހަރަކާތް ތެރިވަމުން ދިޔައެވެ.  ރީޓާ ޕާޓީ ދޫކޮށް ދިޔައިރު ހުރީ ކަޅުކުލައިގެ މާސްކް އެއް އަޅައިގެން ކަމަށާއި ސިލްކް ސްކާރޓެއް ލައިގެން ހުރިކަމަށް އެމީހުން ވަނީ ހަބަރުދީފައެވެ.