އަޅުގަނޑުމެންގެ ތެރޭގައި އަސަރުގަދަ އަދި ލޯބީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތައް ވަރަށް ގިނައެވެ. މިފަދަ ފަރާތްތަކަށް މިފަހަރު ނެޓްފްލިކްސްއިން ބަލާލުމަށް "ކިސް އެންޑް ކްރައި" ކިހިނެއްވާނެތޯއެވެ. ހަމަގައިމުވެސް ހިތްދަތިވެ ހިތަފަޅައިގެންދާނެ ކިތަންމެ މަންޒަރެއް މިފިލްމުން ފެނިގެންދާނެއެވެ.

2017ވަނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކޮށްފައިވާ މިފިލްމަކީ ސީން ސިސްޓާނާ ޑައިރެކްޓްކޮށްފައިވާ ކެނޭޑިއަން ބައޯގްރެފިކަލް ފިލްމެކެވެ. ހަޤީޤީ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ މިފިލްމުގައި ފެނިގެންދާނީ ކާލީ އެލީސަން ކިޔާ ޢުމުރުން 18 އަހަރުގެ މަޝްހޫރު ސްކޭޓަރ އަދި ޑާންސަރއެއް އޭނާގެ ހަޔާތުގައި ކުރިމަތިވާ ކެންސަރ ބައްޔާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައެވެ. ވަރަށް މަދުން ނޫނީ ނުފެންނަ 3.5 ބިލިޔަން މީހުންގެ ތެރެއިން 1 އަށް ޖެހޭ ކެންސަރ ބަލީގެ ވައްތަރެއް ކަމަށްވާ ކަރަށްޖެހޭ ކެންސަރ ބައްޔާއި ހަގުރާމަކޮށް އޭނާ ކުރިހޯދައެވެ. އަދި ކާލީ އާއި އޭނާގެ ޙަޔާތުގެ ބައިވެރިޔާއާއި ދެމީހުންގެ ލޯބީގެ އެތަކެއް ހިތްދަތި ކަންތަކެއް ހިނގާ މިފިލްމުގައި ކާލީ އެލީސަންގެ ރޯލުން ފެނިގެންދާނީ ސާރާ ފިށާއެވެ. ސާރާއާއި ކާލީ އަކީ ހަޤީޤީ ދިރިއުޅުމުގައިވެސް ދެބެސްޓްފްރެންޑުންނެވެ.

ނޭވާހިފަހައްޓާލަންޖެހޭ އެތައް މަންޒަރެއް ފެނިގެންދާނެ މިފިލްމުގައި ކާލީ އެލީސަން އޭނާގެ ޕޭޝަން ކަމަށްވާ ސްކޭޓިންއާއި ޑާންސްކުރުމުގެ ޙަޔާތަށް އެނބުރި އައުމަށްޓަކައި ކެންސާރއާއި ދެކޮޅަށް ކުރަމުންދާ ހިތްވަރު ވަރަށް ރީއްޗަށް ފެނިގެންދާނެއެވެ. ކެނެޑާގެ ޓޮރޮންޓޯގެ ކްރިކެޓް ކްލަބެއްގައި ކުޅެފައިވާ 95 މިނިޓްގެ މިފިލްމް 2017 ވަނަ އަހަރު ރިލީޒްކުރި ނަމަވެސް ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނާއި ހަމަޔަށް އައިސްފައިވަނި 2020 ވަނަ އަހަރުއެވެ.