ބޮލީވުޑްގެ ޒުވާން ތަރި ސާރާ އަލީ ޙާން އަކީ ފަހަކަށް އައިސް މީޑިއާގައި އެންމެ ނަންހިނގާ އެއް ތަރިއެވެ. 2018 ވަނަ ސާރާ ކުޅުނު ފިލްމު "ކޭދާރުނާތު" އަށް ސަމާލުކަން ލިބުމުގެ މާކުރިންވެސް ސާރާއަށް ވަނީ މީޑިއާގެ ސަމާލުކަން ލިބިފައެވެ.

މިފަހަކަށްއައިސް ސާރާއަށް ވަނީ އޭނާ ކުޅުނު ފިލްމް ބްލޮކް ބަސްޓަރ ސިމްބާ، ކޫލީ ނަމްބަރ 1 އަދި ލަވް އާޖްކަލް 2 ގައި ސާރާ ކުޅުނު ރޯލަށް ފާޑުކިއުން ވަރަށްބޮޑަށް އަމާޒުވެފައެވެ. އެފިލްމުތަކުގައި ސާރާ ފެނިގެންދަނީ ވަރަށް ކުޑަކުޑަ ރޯލަކުންނެވެ. އެހެންކަމުން ބެލުންތެރިން މިފިލްމުގައި ސާރާ ކުޑަ ރޯލަކުން ފެނިފައިވާ ސަބަބަކީ ފިލްމު  "ކޭދާރުނާތު"ގައި ސާރާ ދައްކާފައިވާ އެކްޓިންގ ކަމުނުދާތީކަމަށް ސާރާއަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި މިމީހުންނަށް ސާރާ ވަނީ ވަރުގަދަ ބަހުގެ ހަމަލާއެއް ފޮނުވާފައެވެ.

އިންޑިއާގެ ޕީ.ޓީ.އައި އަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނެފައިވަނީ ރަންވީރު އަދި ވަރުން ފަދަ މަޝްހޫރު ތަރިންނާއެއެކު އޭނާ މަސައްކަތްކުރަމުން އަންނައިރު އޭނާއަށް ފާޑުކިއާ މީހުން ތިބީ ފާޑުކިޔޭނެފަދަ ހަރުފަތެއްގައި ނޫންކަމަށް ބުނެފައެވެ. އަދި ރޯހިތް، ޑޭވިޑް، ވަރުން އަދި ރަންވީރް ފަދަ ތަރިންނާއެކު މަސައްކަތް ކުރަން ލިބުމަކީ އޭނާ ނުހަނު ފަޙުރުވެރިވާ ކަމެއް ކަމަށާއި އެކަމާ އޭނާ ޝުކުރުވެރިވާ ކަމަށެވެ.

ސާރާ ކުޑަ ރޯލަކުން ފެނިގެންދާ ފިލްމް ކޫލީ ނަމްބަރ 1 ގެ ޓްރެއިލާ މިހާރުވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. ޕީ.ޓީ.އައި އަށް އިތުރަށް ސާރާ ބުނެފައިވަނީ ސްކްރީނުން ފެނިގެންދާ ވަގުތު ކިތައްމެ ކުޑަޔަސް އެކަމަކާ އޭނާ ފަރުވާލެއްނެތް ކަމަށާއި އެއަށްވުރެ އޭނާއާއި އެކު އެފިލްމުގައި މަސައްކަތްކުރި މީހުންނާއެކު ވަގުތު ހޭދަކުރެވުމަކީ އޭނާ މާއުފާވާ ކަމެއްކަމަށާއި އެތަކެއް ފިލާވަޅެއް އޭނާއަށް ދަސްވެފައިވާ ކަމަށެވެ. "އެފިލްމުން ޕަބްލިކަށް މެސެޖެއް ދޭ، މީހުންގެ މުނިފޫހި ފިލުވާދޭ، އެހެންވީމަ އެކަމަށް ޖޯކްޖެހުމަކީ އަހަރެން އެކަމާ ވިސްނާ ކަންކަމެއް ނޫން" ސާރާ ބުނެފައިވެއެވެ. ކޫލީ ނަމްބަރ 1 އަކީ ވަރަށް ގިނަ މީހުންގެ ބުރަ މަސައްކަތެއް ކަމަށާއި އެފިލްމު މޮޅު ފިލްމަކަށް ހެދުމަށް ކޮންމެ މީހަކު ކުޅެފައިވާ ރޯލުވެސް މުހިންމު ކަމަށް ސާރާ ބުންޏެވެ.

ސާރާ އަލީ ޚާންއަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސައިފް އަލީ ޚާންއާއި އަމްރިތާ ސިންގ ގެ ދޮށީ އަންހެން ދަރިއެވެ. ސާރާ ބޮލީވުޑަށް ނުކުމެފައިވަނީ 2018 ވަނަ އަހަރު އޭނާ ކުޅުނު އަބީޝެކް ކަޕޫރުގެ ރޮމެންޓިކް ފިލްމް  "ކޭދާރުނާތު" އިންއެވެ.