ރަންބީރް ކަޕޫރާއި ދެމީހުންގެ ގުޅުމާއި ބެހޭގޮތުން އާލިއާ ބަޓް އެންމެ ފަހުން ހާމަކުރި މައުލޫމާތާއި އެކު ރަންބީރަށް ގިނަ ފާޑުކިއުންތަކެއް ރައްދުވެއްޖެއެވެ.
ވޯގް އިންޑިއާއަށް ނެރުނު އާ ވީޑިއޯއެއްގައި އާލިއާ ވަނީ ލިޕްސްޓިކް އުނގުޅާ ގޮތާއި ފިރިމީހާއަށް ‘ކަމުނުދާތީ’ ލިޕްސްޓިކް ފޭޑްކޮށް ވީހާވެސް ކުލަ ފަނޑުކޮށް ބެހެއްޓުމަށް ހަދާގޮތް ހާމަކޮށްފައެވެ.
އެ ވީޑިއޯގައި އާލިއާ ބުނެފައިވަނީ، ތުންފަތުގައި ލިޕްސްޓިކް ގްލައިޑް ކުރުމުގެ ބަދަލުގައި ލިޕްސްޓިކްގައި ތުންފަތް ހަރަކާތްތެރި ކުރަން އިސްކަންދިނުމަށެވެ. އެ އުސޫލަކީ ހަގީގަތުގައި ވެސް އާދަޔާ ހިލާފު އުސޫލެއް ނަމަވެސް އެއީ އޭނާއަށް އެންމެ ރަނގަޅު ނަތީޖާއެއް ފެންނަ ގޮތް ކަމަށް ވެސް އާލިއާވަނީ ބުނެފައެެވެ. އެއަށްފަހު ދެން ގާތްގަނޑަކަށް މުޅި ތުންފަތުން ލިޕްސްޓިކް އެއްކޮށް ފޮހެލަނީ ފަނޑުވެފައި ކުލަހުންނަފަދަ ލުކްއެއް ބޭނުންވާތީ ކަމަށް އާލިއާ ވަނީ ހާމަކޮށްފައެވެ. އޭނާ ކިޔައިދިން ގޮތުގައި، “އަހަރެންނާ ރައްޓެހިވެގެން އުޅުނު އިިރުވެސް ރަންބީރް އަކަށް ކަމަކުނުދޭ ތުންފަތުގަ ކުލަ ޖެއްސީމާ، އަބަދު ފޮހެލާށޭ ފޮހެލާށޭ ކިޔާނެ " އާލިއާ ކިޔައިދިނެވެ.
މިވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ. ތުންފަތުގަ ކުލަކޮޅެއް ޖައްސާލުމުން މައްސަލަޖައްސަނީއޭ ، ނުވަތަ ތިހާ ކަންތައް ފަލަ މީހަކާއެކު ނޫޅެވޭނެ ކަމަށް ބުނެވެސް ގިނަބަޔަކުވަނީ ފާޑުކިޔާފައެވެ.
އާލިއާ އާއި ރަންބީރް ކައިވެނި ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެދެމަފިރިންނަށް މިހާރު ވަނީ އަންހެން ދަރިއަކު ލިބި، "ރާހާ" ގެނަމުން ނަންދީފައެވެ. މި ދެ ތަރިންގެ ކައިވެންޏަށްފަހު އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ބްރަޙްމާސްޓްރާ: ޕާޓް ވަން - ޝިވާ" ވެސް މިދިޔަ އަހަރު ވަނީ ބެލުންތެރިންނަށް ގެނެސްދީފައެވެ.
