ރޯހިތު ޝެޓީ އުފައްދާ އަދި އޭނާ އާއި ސުޝްވާންތު ޕްރަކާޝް ޑައިރެކްޓްކުރާ ހަތް އެޕިސޯޑްގެ މައްޗަށް އެކުލެވިގެންވާ އެކްޝަން ޕެކް ސީރީޒްގެ "އިންޑިއަން ޕޮލިސް ފޯސް" ޕްރިމިއާ ކުރާ ތާރީހުގެ ގޮތުގައި 19 ޖެނުއަރީ 2024 އިއުލާންކޮށްފި އެވެ.

މި ސީރީޒް ގައި ސިދާތު މަލްހޯތުރާ  ލީޑް ރޯލުން ފެނިގެންދާއިރު ޝިލްޕާ ޝެޓީ ކުންދްރާ، ވިވެކް އޮބެރޯއީ، ޝްވެތާ ޓިވާރީ، ނިކިޓިން ދީރް، ރިތޫރާޖް ސިންގް، މުކޭޝް ރިޝީ އަދި ލަލިތު ޕަރީމޫ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

މި ސީރީޒް އިން ދައްކުވައިދެނީ އިންޑީޔާގެ ރައްޔިތުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކަންކަމުގައި އިންޑިޔާގެ ސިފައިން އަދި ޕޮލިހުން އެއްވެސް ކަހަލަ ޖެހިލުމެއް ނެތި އަދި ފުރާނަ އަށް ބެލުމެއް ނެތި ކުރަމުން ދާ މަސައްކަތް ކަމަށް މި ސީރީޒް ގެ ޓީމުން  ވަނީ ބުނެފައިއެވެ.

ހޮނިހިރު ދުވަހު ސިދާތު މަލްހޯތުރާ ވަނީ އޭނާ އާއި ޝިލްޕާ އަދި ވިވެކް އޮބެރޯއީގެ ކެރެކްޓަރުފެނިގެންދާ އިންޑިއަން ޕޮލިސް ފޯސްގެ އާ ޕޯސްޓަރެއް ބާލާފައެވެ. އިންޓެންސް ޕޯސްޓަރު ހިއްސާ ކުރަމުން އޭނާ ވަނީ މި ސީރީޒް ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ކަމަށް ފާހަގަ ކޮށްފައިވެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މި ސީރީޒް ފެނިގެން ދާނީ ޕްރައިމް ވީޑީއޯ އިން ކަމަށެވެ.

ޑައިރެކްޓަރު-ޕްރޮޑިއުސަރު ރޯހިތު ޝެޓީ ބުނީ، އިންޑިއާގެ ޕޮލިސް ފޯސް އަކީ އަހަރުތަކެއް ވަންދެން ބުރަ މަސައްކަތާއި ކޮމިޓްމަންޓުން އޭނާ އާއި ރޯހިތު ޝެޓީ ޕިކްޗާޒްގެ ޓީމުން ބިނާކުރި ކޮޕް-ވާސްގައި ކްރިއޭޓަރެއްގެ ގޮތުގައި ކުރާ ދަތުރުގެ މުހިންމު ބައެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ އިންޑިއާ ޕޮލިސް އޮފިސަރުންގެ ހިތްވަރާއި ޤުރުބާނީއާއި ހިތްވަރަށް ދައްކާ މި އެކްޝަން ސީރީޒް ހުށަހަޅައިދިނުމުގެ ފުރުސަތު ލިބުމުން މި ފިލްމުގެ ކާސްޓުންނާއި ކްރޫއަށް ވަރަށް ބޮޑަށް ފަޚުރުވެރިވާކަމަށެވެ. އޭނާ ފާހަގަ ކުރިގޮތުގައި މި ސީރީޒް އަކީ އޭނާ ގެ އެންމެ ފުރަތަމަ ސީރީޒް ކަމުން މި ކަހަލަ ކަމެއް ޕްރައިމް ވީޑިއޯ އާއި އެކު ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ވެސް ބޮޑު އުފަލެއް ކަމަށެވެ.