ތަލަޕަތީ ވިޖޭ، ޓްރިޝާ ކްރިޝްނާން، ސަންޖޭ ދަތު އަދި އެހެން ތަރިން ލީޑް ރޯލުން ފެނިގެންދާ ލޯކޭޝް ކަނާގަރާޖްގެ، ހިންދީ ބަހުން ވާ ފީލްމު "ލިއޯ" އަށް ވަނީ ބޮކްސް އޮފީހުގައި 1.85 ކްރޯޑް ރުޕީސް ލިބިފައެވެ.
ފުރަތަމަ ދުވަހުން ފެށިގެން ގާތްގަނޑަކަށް 35 ޕަސެންޓް ދަށްވީ، "ގަނާޕަތު"، "ޔާރިޔަން 2" އަދި "ޓައިގާ ނަގޭސްވާރާ ރާއޯ" ފަދަ އާ ފިލްމުތައް ބާޒާރުގައި ތޮއްޖެހުމުގެ ސަބަބުންނެވެ.
"ލިއޯ"ގެ ދެ ދުވަހުގެ ޖުމްލަ އަގު 4.65 ކްރޯޑް ރުޕީސްގައި ހުރިއިރު، ހަފްތާ ބަންދުގައި 9 ކްރޯޑް ރުޕީސްއާ ދިމާއަށް ދަތުރުކުރަމުންދާ ކަމަށް މީޑިޔާ ތަކުން ރިޕޯޓް ކުރެއެވެ. އެއީ ހިންދީ ބަހުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ވިޖޭ ފިލްމަށް ވެގެންދާނެ އެވެ.
"ލިއޯ" އަކީ "މާސްޓަރ" އަށް ފަހު ތަލަޕަތީ ވިޖޭ އާއި ލޯކޭޝް ކަނާގަރާޖް ރީޔޫނިއަން ކަމަށާއި މިފަހަރު އެމީހުން ގުޅިގެން މަސައްކަތް ކުރީ ލޯކޭޝްގެ މަޝްހޫރު ފިލްމީ ޔުނިވާސްގެ ފިލްމީ ބައެއް ކަމަށްވާ އެލްސީޔޫ އަށެވެ. އިންޑިއާގެ އެންމެ ބޮޑު އެއް އައިޕީގައި ބޮޑު ދެ ބާރެއް ގުޅިގެން ދިއުމުން، ރެކޯޑްތައް މުގުރާލާނެކަމަށް ބެލެވެއެވެ
މި ފިލްމުން ފެނިގެންދަނީ އާދައިގެ ރެސްޓޯރެންޓެއްގެވެރިއެއް އޭނާ އުޅޭ އަވަށުގެ ހީރޯ އަކަށް ވެގެންދާ ގޮތް ކަމަށް މީޑިޔާ ތަކުން ރިޕޯޓް ކުރެއެވެ.
