ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި "ޓައިގާ 3 " ގެ ލަވައިގެ ޓީޒާއެއް އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ދައްކާލާފައެވެ. މި ލަވަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރާއިރު، އޭގެ ޓީޒާއަށް ބެލުންތެރިންގެ ތަރުހީބު ލިބުނެވެ.
އެކްޓަރު ސަލްމާން ޚާން ވެސް ވަނީ، މި ފިލްމުން ފެނިގެންދާ "ޒިންދަގީ ނާ މިލެގީ ދޮބާރާ" ބަތަލާ، ކެޓްރީނާ ކާއިފްގެ ޑާންސް މޫވްސް އަށް ތައުރީފުކޮށް، ލަވައިން އޭނާގެ ގްލިމްޕްސްތައް ލަމުން ބުނެފައި އޭނާ (ކެޓްރީނާ) އާއި އެކުގައި މަސައްކަތް ކުރަން ލިބުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކެޓްރީނާގެ ނެށުމުގެ ހުނަރަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ވަރަށް ވެސް ތަފާތު ހުނަރެއްކަމަށެވެ.
ލަވައިގެ ޓީޒާ ކުރިން ނެރުނު ފަހުން، އަރިޖިތު ސިންގް ކިޔާފައިވާ މި ލަވާއިގައި ޓައިގާ އާއި ޒޯޔާ ފެނުމުން ފޭނުން ވަނީ އެ ލަވަ ބަލާލަން ކެތްމަދުވެފައިއެވެ. ހަމަ އެކަމަށް ލިބުނު ރިއެކްޝަނެއް ހިއްސާ ކުރަމުން ސަޕޯޓަރަކު ލިޔެފައިވަނީ އެ ލަވަގެ ރާގަށް އޭނާ މުޅި ހަށިގަނޑު ނަށަން ފެށިކަމަށާއި އެ ލަވަ އެއްކޮށް ބަލާލަން ކެތްމަދުވެފައިވާކަމަށެވެ. އެހެން މީހަކު ލިޔުން ގޮތުގައި މިލަވައިގެ ޓީޒާ މިހާ ފުރިހަމަ އިރު މި ލަވަ ކިހާ ފުރިހަމަވަނެކަމާއި މެދު އެއްވެސް ސައްކެއް ނެތް ކަމަށެވެ.
އެކްޝަން ގިނަ ފިލްމުގައި ކެޓްރީނާ ކައިފް އާއި ސަލްމާން ޚާން އެނބުރި އަންނަތަން ފެނިގެންދާނީ ޓައިގާ ސީރީޒްގެ ތިން ވަނަ ބައިގަ އެވެ. ރޯގެ އެޖެންޓް އަވިނާޝް ސިންގް ރާތޯރުގެ ކެރެކްޓާ ސަލްމާން ޚާން އަލުން ކުޅޭއިރު، ފިލްމުގައި ކެޓްރީނާ ކައިފް ފެނިގެންދާނީ ޒޯޔާގެ ރޯލުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ "ޓައިގާ 3 " އަކީ "އެކް ތާ ޓައިގާ" އާއި "ޓައިގަރ ޒިންދާ ހޭ" ގެ ސީކުއެލްއަކަށް ވާނެ ކަމަށާއި ބޮޑު ސްކްރީނުން ބަލާލުމަށް ފޭނުން ތިބީ އިންތިޒާރުކޮށްގެން ކަމަށެވެ.
