ނެޓްފްލިކްސްގެ އަވާގައި ޖެހިފައި ތިބި ކުދިންނަށް މިފަހަރު ކޮންމެހެންވެސް ބަލަންޖެހޭ ފިލްމަކަށް އަސްކަރީ ހަނގުރާމައެއް ދައްކުވައިދޭ ފިލްމް "މޮސަލް" ވާނެއެވެ.
2019 ވަނަ އަހަރު ސީ.އައި.އޭ ކައުންޓަރ ޓެރަރިޒަމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޑެނިޔަލް ގެބްރިއަލް ލިޔެ ޑައިރެކްޓްކޮށް އަދި މެޓް ސްކްރެޑަރ އުފައްދައިވާ މިފިލްމަކީ ޑޮކިއުމަންޓްރީ ތްރިލާއެކެވެ. ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މިފިލްމުގައި ފެނިގެންދާނީ ޕޮލިސް އޮފިސަރުންތަކެއް ޢިރާޤުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މޮސަލްއާއި ދެކޮޅަށް އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ޖަމާޢަތެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ދަ ލެވެންޓް (އައި.އެސް.އައި.އެލް)" 2016 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ދެމެދު ކުރަމުންދިޔަ ހަނގުރާމަ ދައްކުވައިދޭ މަންޒަރެވެ.
އެއްގަޑިއިރާއި ސާޅީސް ދެމިނިޓްގެ މިފިލްމު ޢަމާޒުކޮށްފައިވަނީ އިރާޤުގެ އެތްނިކްސް ގުރޫޕްތަކުގެ މެދުގައި ހިނގާ ކުރިމަތިލުންތަކަށެވެ. މި އޮޕަރޭޝަންގައި ހިމެނޭ އެތްނިކް ގްރޫޕްތަކުގެ ތެރޭގައި ސުންނީ ޓްރިބެސްމަން، ޝީޓް މިލިޓަސް، ކްރިސްޓިއަން ފައިޓަރސް އަދި ކާރޑިޝް ޕެޝްމަގާ ފޯރސް ފަދަ ގްރޫޕްތައް ހިމެނެއެވެ. މޮސަލް ޕްރިމިއަރކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި "ކްލިވްލެންޑް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް" ގައެވެ. އަދި މިފިލްމް އޮފިޝަލީ ރިލީޒްކޮށްފައިވަނީ 2019ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
