ބޮލީވުޑްގެ ފިލްމީތަރި އަދި ކަޕިލް ޝަރްމާ ޝޯވގެ ކޮމިޑިއަން އަބިޝެކް ޝަރުމާ ނުވަތަ މަޝްހޫރު ނަމުންނަމަ ކްރުޝްނާ އަބިޝެކް އޭނާ ކޮންމެ ހާލެއްގައި ވިޔަސް އޭނާގެ އެކުވެރިޔާ ބާރްތީ ސިންގ އާއިއެކު ވާނެ ކަމަށް ބުނެފިއެވެ.
ކްރުޝްނާ ޝަރުމާ މިހެން ބުނެފައިވަނީ ކަޕިލް ޝަރުމާ ޝޯގެ ކޮމިޑިއަން ބާރްތީ ސިންގއާއި އޭނާ އޭނާގެ ފިރިމީހާ ޑްރަގް ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުގައި ވަނިކޮށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބޭއްވި ޕްރެސްއެއްގައި ބުނެފައިވާގޮތުން ކަޕިލް ޝަރުމާ ޝޯވ އޮންއެއާރ ކުރާ ޗެނަލްއިން އެޝޯވއިން ބާރްތީ ބޭރުކޮށްލަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުންނެވެ. މިކަމާއި ގުޅިގެން އީ-ޓައިމްސްއަށް ދިން އިންޓްވިއުއެއްގައި އަބީޝެކް ބުނެފައިވަނީ އެޚަބަރަކީ ދޮގު ޚަބަރެއް ކަމަށާއި އެކަހަލަ އެއްވެސް ވިސްނުމެއް އެޝޯވ ހޯސްޓްކުރާ ޗެނަލްއިން ނުގެންގުޅޭ ކަމަށެވެ. އަދި ޗެނަލްއިން އެފަދަ ނިންމުމެއް ނިންމި ކަމުގައިވިޔަސް އޭނާ ބާރްތީއަށް ފުރިހަމަ ސަޕޯރޓްދޭނެ ކަމަށާއި ބާރްތީ އެނބުރި މަސައްކަތަށް ނުކުންނަންޖެހޭނެ ކަމުގައެވެ. އޭނާ އިތުރަށް ބުނެފައިވަނީ ވީކަމެއް ވީ ކަމަށާއި އޭނާ ބާރްތީ ކުށްވެރި ނުކުރާ ކަމަށެވެ. އަދި ބާރްތީއަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށާއި އޭނާގެ ހުރިހާ ހިތާމަތަކާއި އުފާތަކުގައި ބާރްތީ ޝާމިލްވާ ކަމުގައެވެ. "އަހަރެންގެ ބައްޕަ ނިޔާވިއިރު އަހަންނާއި އެންމެ ކައިރީގައި ބާރްތީހުރި. އަހަންނަށް ޓްވިންސް ލިބުނު ދުވަހު އެންމެ ފުރަތަމަ އަހަންނަށް ގުޅީ ބާރްތީ. އެވާރޑް ހަފްލާއެއް ހޯސްޓްކުރަމުން ދަނިކޮށް ކުއްލިއަކަށް އަހަރެން ބަލިވުމުން ޖެހިލުމެއްނެތި ބާރްތީ އަހަރެންގެ ބަދަލު އަދާކުރި. މިޒަމާނުގައި މިކަހަލަ އެކުވެރިން ހޯދާނީ ކިހިނެއް؟" އިންޓަވިއުގައި އަބީޝެކް ބުނެފައިވެއެވެ.
ބާރްތީއާއި އޭނާގެ ފިރިމީހާ ހާރޝް ލިމްބަޗިޔާވަނީ އެމީހުން ދިރިއުޅޭ ގޭގައާއި މަސައްކަތްކުރާތަނުގައި ޑްރަގްގެ ބާވަތެއްކަމަށްވާ ކެނަބިސް ބޭނުންކުރުމުގެ މައްސަލައެއްގައި ނާކޮޓިސް ކޮންޓްރޯލް ބިއުރޯއިން ހައްޔަރުކޮށްފައެވެ. އަދި ޑްރަގް ބޭނުންކުރި ކަމަށް އެމީހުންވަނީ އެއްބަސްވެފައެވެ. ކަފާލަތުގެ ދަށުން ދޫކޮށްލުމަށް ފަހު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އެދުމަށް ކޯޓުންވަނީ އަނެއްކާވެސް މި ދެމަފިރިން ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ. މަސްތުވާތަކެތި ވިއްކުމުގެ ތުހުމަތުވެސް މި ދެމީހުންގެ މައްޗަށްވަނީ ކުރެވިފައެވެ.
