ރަންދީޕް ހޫދާ އަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން ވަރަށް ހުނަރުވެރި އެކްޓަރެކެވެ. އޭނާ ވަނީ އޭނާ ގެ މޮޅު އެކްޓިން އާއި އެކު ގިނަ ބަޔެއްގެ ސަޕޯޓު ހޯދަފައެވެ. 

އޭނާއާއި އެކްޓްރެސް ލިން ލައިޝްރަމް، ދިގު މުއްދަތަކަށް ރައްޓެހިވެގެން އުޅުނު ނަމަވެސް ރަންދީޕް ވެސް އަދި ލިން ވެސް އެދެމީހުންގެ ގުޅުން އާންމުކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ. ފަހަކަށް އައިސް ރިޕޯޓްތައް ބުނާ ގޮތުގައި ރަންދީޕް އާއި ލިން ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާކަމަށެވެ. 

އިންޑިޔާގެ މީޑިޔާތަކުން ބުނާ ގޮތުގައި  ގޮތުގައި މި ދެ މީހުން މި މަސް (ނޮވެމްބަރު) ނިމޭއިރު ކައިވެންޏެއް ކުރަން ރާވާފައިވާއިރު، އެ މީހުން ކައިވެނި ކުރާނީ މުމްބައީގައި އެއް ނޫނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކައިވެނި ހަފްލާގައި ވެސް ބައިވެރި ވާނީ ހަމަ އެކަނި އާއިލާ މީހުންނާއި ގާތް އެކުވެރިންނެވެ.

މި ކައިވެނިވެގެން ދާނީ ކުޑަ ކައިވެންޔަކަށް ކަމަށް ގަބޫލު ކުރެވޭކަމަށް އެ މީހުންގެ ގާތް މީހަކު ވަނީ އިންޑިޔާގެ މީޑިޔާ އަކާއި ވާހަކަ ދައްކަމުން ބުނެފައިއެވެ.