ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގައި ހިމެނޭ ފިލްމުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ކުރިއަށް އޮތް ސާގާ "ސިންގހަމް އެގެއިން" އިން ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އެހެންކަމުން، މި ފިލްމު ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައި ފޭނުން ތިބީ ކެތްމަދުވެފަ އެވެ. އަކްޝޭ ކުމާރުގެ ފިލްމު "ސޫރްޔަވަންޝީ" އަށް 2 އަހަރު ފުރޭއިރު، "ސިންގހަމް އެގެއިން"ގައި އޭނާގެ ފުރަތަމަ ލުކް ދައްކާލައިގެން ކުރިއަށް އޮތް ފިލްމަށް އޮތް ތަރުހީބު ވަނީ މި ފިލްމުގެ ޓީމުން އިތުރުކޮށްފައެވެ. 

2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވީ އާދީއްތަ ދުވަހު  ސިނަމާތަކުގައި އެޅުވި ބްލޮކްބަސްޓަރ ފިލްމު "ސޫރްޔަވަންޝީ" ރިލީޒް ކުރިތާ 2 އަހަރު ފުރިފައިވާ އިރު މި ޚާއްސަ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމު "ސިންގަމް އެގެއިން" ގެ އުފެއްދުންތެރިން ވަނީ އަކްޝޭގެ ފުރަތަމަ ލުކް ދައްކާލައިފައެވެ. މި ފޮޓޯއިން ފެންނަނީ ބަޑިއެއް ހިފައިގެން ގޮވަމުން ދާ ހެލިކޮޕްޓަރަކުން ފުންމާލާ އަކްޝޭ އެވެ.

މި ފޮޓޯ ޝެއާ ކުރަމުން އަކްޝޭ ބުނީ އޭޓީއެސްގެ ޗީފް ވީރް ސޫރިޔާވަންޝީގެ އެންޓްރީއަށް ވަގުތު ޖެހިއްޖެ ކަމަށާއި ހުރިހާ އެންމެންވެސް އެކަމަށް ތައްޔާރުވެގެން ތިބުމަށެވެ.

ޑައިރެކްޓަރު ރޯހިތު ވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި "ސިންގހަމް އެގެއިން" އިން އަކްޝޭގެ މިތަފާތު މޮޅު ފޮޓޯ ހިއްސާކޮށްފަ އެވެ. ކެޕްޝަންގައި އޭނާ ބުނީ އަނެއްކާވެސް "ސިންގހަމް" އަންނަން ތައްޔާރު ވެފައިވާކަމަށާއި އޭނާ އާއި މި ފަހަރު މި ހަނގުރާމައިގައި ބައިވެރިވާން  އޭޓީއެސްގެ ޗީފް ވީރް ސޫރިޔާވަންޝީ ތައްޔާރު ވަމުންދާކަމަށެވެ. އޭނާ ފާހަގަ ކުރިގޮތުގައި ވީރް ގެ އިތުރުން މި ފިލްމުގައި އެހެން އެތައް ބައިވަރު ކެރެކްޓާސް ފެނިގެން ދާނެ ކަމަށެވެ.