ސިދާތު މަލްހޯތުރާގެ ފޭނުން ދަނީ އޭނާގެ ކުރިއަށް އޮތް އެކްޝަން ޕެކްޑް ވެންޗާ "ޔޯދާ" އަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ. ފިލްމުގެ އަޕްޑޭޓްތަކާއި ސިދާތު އޭނާގެ ކެރެކްޓަރަށް ބަދަލުވި ގޮތުގެ ކުޑަ ހިލަމެއް ހޯދުމަށް ކެތްމަދުވެފައިވާ ފޭނުންނަށް މިހާރު ވަނީ  ބަޠަލުގެ އާ ވިޝުއަލްތަކެއް ގެނެސްދީފަ އެވެ. ފިލްމު އުފެއްދި ފަރާތްތަކުން މިއަދު އާ ޕޯސްޓަރުތަކެއް ދައްކާލާފާއި ވާއިރު  އާ ރިލީޒް ތާރީހެއްވެސް ވަނީ އިއުލާން ކޮށްފައިއެވެ. ފުރަތަމަ ޑިސެމްބަރު މަހު ރިލީޒް ކުރަން ނިންމި މި ފިލްމު ބަލާލަން ބެލުންތެރިން ތިބީ މިހާރުވެސް ކެތްމަދުވެފައިއެވެ.

ނޮވެމްބަރު 7 ވީ އަންގާރަ ދުވަހު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ޔޯދާ"ގެ އުފެއްދުންތެރިން ވަނީ އާ ދެ ޕޯސްޓަރެއް އާންމުންގެ ތެރެޔަށް ދޫކޮށްލާފައެވެ. މި ފޮޓޯތަކުން ފެންނަނީ އެކްޓަރު ސިދާތު މަލްހޯތުރާ ވަރަށްވެސް ތަފާތު ލުކް އެކެވެ. އެއް ޕޯސްޓަރެއްގައި ސިދާތު  ކޮމާންޑޯ ޔުނީފޯމެއް ލައިގެން ހުންނަ ހުރި އިރު ފަހަތުން މަތިންދާ ބޯޓެއް އުދުހޭތަން ފެންނަ އިރު އެ ފޮޓޯ އާއިއެކު ޝައުގުވެރި ޓެގްލައިން "އެއް ކޮމާންޑޯ. އެއް ހައިޖެކް. ގުނާ ނުލެވޭ ސިއްރުތަކެއް" ލިޔެފައިވެ އެވެ. ދެވަނަ ޕޯސްޓަރުގައި އޭނާ ފެންނަނީ، ޒަޚަމްވެފައި ހުރި ނަމަވެސް ވަރުގަދަ ކޮށް ފެންނަ ސިދާތު މަތިންދާބޯޓުގެ ތެރޭގައި ހުއްޓެވެ

މި ފޮޓޯ އާއި އެކު ފިލްމު ފަސްކުރިކަން ވެސް އިއުލާންކޮށްފައިވާއިރު މިހާރު ސިނަމާތަކަށް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މާޗް 15، 2024 ގައި ކަމަށް ވެސް ސިދާތު ވަނީ އޭނާގެ އިންސްޓާގްރާމްގައި އިއުލާނުކޮށްފައެވެ.

ސާގަރ އަމްބްރޭ އާއި ޕުޝްކާރު އޮޖާ ޑައިރެކްޓްކޮށްފައިވާ "ޔޯދާ" އަކީ ތަފާތު ކާސްޓުންނާއެކު ސިނަމާތަކުގައި ހިނގާނެ ފިލްމަކަށް  ވާނެ ކަމަށް އިންޑިޔާގެ މީޑިޔާތަކުން ބުނަމުންދެއެވެ.  ސިދާތުގެ އިތުރުން މި ފިލްމުގައި ހުނަރުވެރި ބަޠަލާއިން ކަމަށްވާ ދިޝާ ޕަޓާނީ އާއި ރާޝީ ކަންނާ ފެނިގެންދެއެވެ. މި އެކްޝަން އެންޓަޓެއިންމަންޓަކީ ޕްރައިމް ވީޑިއޯ، ދަރްމާ ޕްރޮޑަކްޝަންސް މެންޓަރ ޑިސިޕްލް ފިލްމްސް އާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ޕްރޮޑިއުސަރުންގެ ޓީމުގައި ހިރޫ ޔާޝް ޖޯހަރު، ކަރަން ޖޯހަރު، އަޕޫރްވާ މެހެތާ، އަދި ޝަޝަންކް ޚައިތާން ހިމެނެ އެވެ.