ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ފަހުން ކިޔާ މާލޫދު މޮޅުވާނޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ އިހުގެ އެ ޒަމާނަށް ބަލާއިރު، ވަރަށް އާއްމު ބަހެކެވެ.

ފަހުން ކިޔާ މާލޫދު މޮޅުވާނޭ ބުނާ ބަހުގެ ބަހަވީ މާނައަށް ބަލާއިރު، މި ބަހުގައި މި ބުނަނީ މާލޫދެއް ކިޔާ ވާހަކައެވެ. މާލޫދަކީ ދިވެހިން އިހުގައި ކިޔާ އުޅުނު އަރަބި މަދަހަ ތަކަކާ ސަނާ ތަކަކާއި ދުއާތަކެކެވެ. ބުނެވޭ ގޮތުގައި އެއީ ބިދުއަވެރި އާފާތެއްވެސް މެއެވެ. މި މާލޫދަކީ ކޮންމެ ރަށެއްގައިމެ ކިޔާ އެއްޗެކެވެ. އެހެން ރަށްރަށުގެ ރައްޔިތުންނަށް ދައުވަތު ދީގެނެވެ. އެހެންކަމުން ފަހުން ކިޔާ މާލޫދު މޮޅުވާނޭ ބުނަނީ އެހެން ރަށްރަށުގައި ކިޔާ މާލޫދުތަކަށް ގޮސް އެއްމެ ފަހު ރަށުގައި މާލޫދު ކިޔާއިރު އެ ރަށްރަށުގައި ގޯސްކޮށް ހުރި ކަންކަން ފަހު ރަށުގައި ރަނގަޅު ކުރާނެތީއެވެ.

މި ބަހުގެ މުސްކުޅި މާނަ ރަށްދުކުރެވެނީ އެއްކަމެއް ކުރާ ދެ ބަޔަކު ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ ތެރެއިން އެކަމެއް އެއްމެ ފަހުން ކުރާމީހުން ކުރާނީ އެކަމުގައި އެއްމެ ރަނގަޅަށޭ ބުނުމުގެ މާނައިގައެވެ. އިހުގައި މި ބަސް އެއްމެ އާއްމުކޮށް ނިސްބަތް ކޮށް އުޅެނީ ބޮޑެތި ކެއުންތަކަށެވެ. އެކި އެކި ހަފްލާތަކުގައި ތައްޔާރު ކުރާ ކާނާތަކަށެވެ. މިއީ ކެއުންތަށް މޮޅުކޮށް ހެދުމަށް ވާދަވެރިކަމެއް އުފެއްދުމުގައި ވެސް ކިޔާ އުޅުނު ބަހެކެވެ.