އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓް އިފްތިތާހް ކުރައްވައިފިއެވެ. ހަފްތާ 14 ގެ ނަމުގައި އެކުލަވާލެވިފައިވާ މިމަގު ޗާޓް އިފްތިތާހް ކޮށްފައިވަނީ ދަރުބާރުގޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްްގައެވެ.

172 ވައުދު މިމަގުޗާޓުގައި ހިމެނޭއިރު , ޖުމްލަ 8 ދާާއިރާއަކަށް ވައުދުތައް ބެހިފައިވެއެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ބައި ކަމުގައިވާ ސިޔާދަތާއި މިނިވަންކަން، މިބައިގައި މައިގަނޑު 3 ވަޢުދެއް ހިމެނޭއިރު ފުރަތަމަ ވަޢުދަކީ ދިވެހިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމެވެ.

މީގެއިތުރުން ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލޭގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ސީ (އިޓްލޮސް) އިން ކޮށްފައިވާ ޙުކުމް އިސްތިޢުނާފު ކުރުމުގެ ވައުދުވެސް ހިމެނެއެވެ.

ހަަ އެހެންމެ އަންހެނުންނަށް ދިމާވާ އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ ބަލިތަކަށް އާސަންދަ މެދުވެރިކޮށް ފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް ވަނީ ހާމަކޮށްފައެވެ.ހަމަ އެހެންމެ އިސްރަށްވެހީންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ފެށުމާއި ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމުގެ ސިޔާސަތެއް އެކުލަވާލުމާއެކު ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގު ފަހިކޮށްދިނުން ވަނީ ހިމަނާފައެވެ.މީގެއިތުރުން ދަރިމައިވުމުގެ މައްސަލަތަކަށް ދެވޭ ފަރުވާ ވެސް އާސަންދަ މެދުވެރިކޮށް ކުރެވޭނެގޮތް ހެދުން ވަނީ ހިމަނާފައެވެ.

ބޯހިޔާވަހިކަމުގެ ވައުދުގެތެރެއިން ފުރަތަމަ 14 ހަފުތާގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކުގެ ބިންގާ އަޅައި، ގެދޮރުވެރިކަމުގެ ހާއްސަ ޓްރަސްޓް ފަންޑު ގާއިމު ކުރުމުގެ މަސައްކަތްތައް ފަށައި، ބޯހިޔާވަހިކަމުގެ ލޯނުތަކުގެ އިންޓްރެސްޓު ފަސް ޕަސެންޓަށް ހަމަޖެއްސުމުގެ ސިޔާސަތުތައް ކަނޑައެޅުން ވަނީ ހިމަނައިފަ އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހާއްސަ ކެޓެގަރީތަކަކާއި މަސްވެރިންނާއި ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް ހެދުމަކީ ވެސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަމެކެވެ. އަދި މަސްވެރިންނަށް މިފްކޯގެ ހިއްސާގެ ބައެއް ދިނުމަށް ހިމަނައިފައިވެ އެވެ.