އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ ބޭނުން ކުރާ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ. މިޕްރޮމޯޝަން ހަމަސްދުވަހުގެ މުއްދަތަށް ކުރިއަށް ދާނެކަމަށް އުރީދޫއިން ވަނީ ހާމަކޮށްފައެވެ .

ޔޫޓިލިޓީ ބިލްތަކާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1500 ރުފިޔާގެ މަތިން އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން މިލަކީ ޑްރޯގައި ހިމެނޭނެއެވެ، ސްޓެލްކޯ ، އެމްޑަބްލިއުއެސްސީ މީޑިއާނެޓް ފަދަ ބިލަތްކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ފައިސާދެއްކޭނެއެވެ. ބިލްތައް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މަޤްްބޫލް ކެފޭ ، ރެސްޓޯރެންޓް އަދި ފިހާރަތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއިއެކު ފައިސާ ދެއްކޭނެ އެވެ.

އެމް-ފައިސާ ގެ ޚާއްސަކަމަކީ މިއީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ބޭނުން ކުރެވޭ ހިދުމަތަކަށް ވުމެވެ. އެހެންކަމުން ޙާއްސަ އޮފަރ ތަކުގެ ބޭނުން ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް މިވަނީ ހުޅުވާލެވިފައެވެ.

އެމް-ފައިސާ އަށް ރަޖިސްޓްރީ ވާނީ ކިހިނެއް ؟

އެމްފައިސާއަށް ރަޖިސްޓަރ ވާން ބޭނުންފުޅުވާ ފަަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ. އުރީދޫ އެޕް ޑައުންލޯޑް ކުރެއްވުމަށްފަހު އެމް-ފައިސާ ހިޔާރުކުރައްވާ ރަޖިސްޓްރޭޝަންއަށް ފިތާލުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރުމަަށް ބޭނުންވާ ތަފްސީލްތައް ފުރިހަމަކުރުމުން ފޯނަށްލިބޭ އޯޓީޕީ ޖައްސަވާށެވެ. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު 4 ނަންބަރުގެ ޕިން އެއްސެޓްކުރެއްވުމަށްފަހު މޮބައިލް ނަންބަރާއި 4 ޑިޖިޓް ޕިން ޖައްސަވާ ފޯނަސް ލިބޭ އޯޓީޕީ ޖެއްސެވުމަށްފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާށެވެ.