ބަރުދަން ލުއިކުރުމަށް ހުސްބަނޑާ ހުންނާކަށް ނުޖެހެއެވެ. އާންމުކޮށް ކާއެއްޗެހި ކަމުންވެސް ބަރުދަން ލުއި ކުރެވޭނެއެވެ. ކާ އަދަދާއި ގަޑިތައް ބަދަލުކޮށްލުމުންވެސް ވަރަށް ބޮޑުބަދަލު އަންނާނެއެވެ. މިވަރުވެސް ނުވާނަމަ ކެއުމުގެ ތެރެއަށް ބަރުދަން ލުއިކުރުމަށް ޚާއްސަ އެއްޗެއް އެއްކުރާށެވެ. އެގޮތުން ލުނބޮއަކީވަރަށް ފާހަގަކުރެވޭ އެއްޗެކެވެ. މިއީ ކެލޮރީ މަދު އަދި ވިޓަމިނުން މުއްސަނދިވެފައިވާ މޭވާއެކެވެ. ދުވާލުގެ އެކިގަޑީތަކުގައި ލުނބޯފަނި ބުއިމުން މެޓަބޮލިޒަމް ރޭޓްމަތިކޮށް ސަރުބީވިރުވުމަށް އެހީތެރިވެދޭނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ކޮންމެ ޑައިޓެއް ކުރިނަމަވެސް އެދެވޭ ނަތީޖާފެންނަނީ ކަސްރަތުވެސް ކޮށްގެން ކަމެވެ. އެހެންކަމުން މި 14 ދުވަހުގެ ލުނބޯފަނި ޑައިޓް ކުރާނަމަވެސް ދުވާލަކު 30 މިނިޓް ކަސްރަތުކޮށްލުމަށް ހުސްކުރާށެވެ.
1 ވަނަ ދުވަސް: 1 ލުނބޯގެ ހުތްފެލާލުމަށްފަހު އެއްތަށިފެނުގައި ގިރައިގެން ހެދުނު ހޭލާގޮތަށް ބޯލާށެވެ.
2 ވަނަ ދުވަސް: 2 ލުނބޯގެ ހުތްފެލައިގެން ދެތަށި ފަނިގިރާށެވެ. ހެނދުނު ނަސްތާގެ ކުރިން ބޯށެވެ.
3 ވަނަ ދުވަސް: 3 ލުނބޯގެ ހުތްފެލައިގެން ތިންތަށި ފަނިގިރާށެވެ. ކުޑަ މާމުއި ކޮޅެއްވެސް އެއްކޮށްލާށެވެ. ދެބައި ކޮށްލުމަށްފަހު، ހެނދުނު ހޭލައިގެން 1 ތަށި، ރޭގަނޑު ނިދުމުގެ ކުރިން 1 ތަށި ބޯލާށެވެ.
4 ވަނަ ދުވަސް: 4 ލުނބޯގެ ހުތްފެލައިގެން، ކުޑަ މާމުއި ފޮދެއް އަޅައިގެން ހަތަރުތަށި ފަނި ގިރާށެވެ. ހެނދުނު ހޭލައިގެން 2 ތަށި، ރޭގަނޑު ނިދުމުގެ ކުރިން 2 ތަށި ބޯލާށެވެ.
5 ވަނަ ދުވަސް: 5 ލުނބޯގެ ހުތްފެލައިގެން ފަސް ތަށި ފެނުގައި ފަނިގިރާށެވެ. ކުޑަ މާމުއި ފޮދެއްވެސް އެއްކޮށްލާށެވެ. ދެބައި ކޮށްލުމަށްފަހު، ހެނދުނު ހޭލައިގެން 1 ބައި، ރޭގަނޑު ނިދުމުގެ ކުރިން 1 ބައި ބޯލާށެވެ.
6 ވަނަ ދުވަސް: 6 ލުނބޯގެ ހުތްފެލައިގެން ހަ ތަށި ފެނުގައި ފަނިގިރާށެވެ. ކުޑަ މާމުއި ފޮދެއް ވެސް އެއްކޮށްލާށެވެ. 3 ބަޔަކަށް ބަހާލުމަށް ފަހު ދުވާލުގެ ތިން އިރު މަތިން ހުސްކުރާށެވެ.
7 ވަނަ ދުވަސް: 3 ލުނބޯގެ ހުތްފެލައިގެން 10 ތަށި ފެނުގައި ފަނިގިރާށެވެ. 3 ބައިކޮށްލުމަށްފަހު 3 އިރު ކެއުމުގެ ކުރިން ބޯލާށެވެ.
8 ވަނަ ދުވަސް: 6 ލުނބޯގެ ހުތްފެލައިގެން ހަ ތަށި ފެނުގައި ފަނިގިރާށެވެ. 3 ބަޔަށް ބަހާލުމަށްފަހު، ކެއުމުގެ ކުރިން ބޯލާށެވެ.
9 ވަނަ ދުވަސް: 5 ލުނބޯގެ ހުތްފެލައިގެން، 1 ސަމުސާ މާމުއި އަޅައިގެން ފަސް ތަށި ފެނުގައި ފަނިގިރާށެވެ. 3 ބަޔަށް ބަހާލުމަށްފަހު، ކެއުމުގެ ކުރިން ބޯލާށެވެ.
10 ވަނަ ދުވަސް: 4 ލުނބޯގެ ހުތްފެލައިގެން، ކުޑަ މާމުއި ކޮޅެއް އަޅައިގެން ހަތަރުތަށި ފަނި ގިރާށެވެ. ހެނދުނު ހޭލައިގެން އަދި ނިދުމުގެ ކުރިން ބޯށެވެ.
11 ވަނަ ދުވަސް: 3 ލުނބޯގެ ހުތްފެލައިގެން، 1 ސަމުސާ މާމުއި އަޅައިގެން ތިންތަށި ފަނިގިރާށެވެ. ހެނދުނު ހޭލައިގެން އަދި ނިދުމުގެ ކުރިން ބޯށެވެ.
12 ވަނަ ދުވަސް: 2 ލުނބޯގެ ހުތްފެލައިގެން ދެތަށި ފަނިގިރާށެވެ. ހެނދުނު ނަސްތާގެ ކުރިން ބޯށެވެ.
13 ވަނަ ދުވަސް: 1 ލުނބޯގެ ހުތްފެލާލުމަށްފަހު، ކުޑަ މާމުއި ފޮދެއް އެއްކުރުމަށްފަހު އެއްތަށިފެނުގައި ގިރައިގެން ހެދުނު ހޭލާގޮތަށް ބޯލާށެވެ.
14 ވަނަ ދުވަސް: 3 ލުނބޯގެ ހުތްފެލައިގެން 10 ތަށި ފެނުގައި ފަނިގިރާށެވެ. 3 ބައިކޮށްލުމަށްފަހު 3 އިރު ކެއުމުގެ ކުރިން ބޯލާށެވެ.
ސާދަ ދުވަސް މިހެން މިކަން ގެންދެވިއްޖެނަމަ ﷲގެ ރަޙުމަތުން އެދެވޭ ނަތީޖާ ފެންނާނެއެވެ. ނަމަވެސް ދެން މި ޑައިޓް ފަށަންވާނީ 14 ދުވަހު މަޑުކުރުމަށްފަހުއެވެ. މިހެން ކުރިއަށް ގެންދަމުން ގޮސް ބޭނުންވާ ބަރުދަން ޙާޞިލްކުރަންވީއެވެ.
