އެހެން އަހަރުތަކެކޭވެސް އެއް ގޮތައް މިއަހަރުވެސް ގޭމް އެވޯޑް ގައި މި އަހަރުގެ އެންމެ މޮޅު ގޭމް އަދި އެންމެ މޮޅު ވާހަކަ ހިމެނޭ ގޭމް ގެ އިތުރުން އެހެނިހެން އިތުރު ގޭމްތައް ހޮވާފައިވެއެވެ. ޑިސެމްބަރ 10 ވަނަ ދުވަހު ކުރިޔަށްދިޔަ މި އެވޯޑްހަފްލާ، އެހެން އަހަރުތަކާއި ޚިލާފަށް ބާއްވާފައިވަނީ ކޮވިޑް 19 ގެ ސަބަބުން ވާރޗުއަލްކޮށެވެ.

މި އެވޯޑްޝޯގައި ވަނީ ކުރިޔަށް އޮތްތާނގައި ނެރެން ހަމަޖެހިފައިވާ ގޭމް ތަކުގެ ޓީޒާސް ވެސް ދައްކާލާފައެވެ. އެގޮތުން އާރކް 2، އީވަލް ޑެޑް:- ދަ ގޭމް، އޯޕެން ރޯޑް، ޕާރފެކްޓް ޑާރކްނަސް ގެ އިތުރުން ޝޭޑީ ޕާރޓް އޮފް މީގެ ޓީޒަރް ވަނީ ދައްކާލާފައިއެވެ.

މިއަހަރުގެ އެންމެ މޮޅު ގޭމް ގޮތުގައި ހޮވިފައިވަނީ ދަ ލާސްޓް އޮފް އަސް ޕާރޓް 2 އެވެ. އެންމެ މޮޅު ގޭމް ގެ އިތުރުން ދަ ލާސްޓް އޮފް އަސް ޕާރޓް 2 އިން ވަނީ އެންމެ މޮޅު ޑައިރެކްޓަޑް ގޭމް، އެންމެ މޮޅު ވާހަކަ ހިމެނޭ ގޭމް، އެންމެ މޮޅު އޯޑިއޯ ހުރި ގޭމްގެ އެވޯޑްގެ އިތުރުން 2 އެވޯޑެއް ހޯދާފައިއެވެ. ދަ ލާސްޓް އޮފް އަސް ޕާރޓް 2 އިން ވަނީ 11 ބައިން ކޮލިފައިވެ އަދި 7 އެވޯޑް ވެސް ހާސިލް ކޮށްފައެވެ.

ދެވަނަ އަށް އެންމެ ގިނަ އެވޯޑް ލިބިފައިވަނީ އަމޮންގް އަސް، ފައިނަލް ފެންޓަސީ 7 ރީމޭކް، ގޯސްޓް އޮފް ތުޝިމާ ގެ އިތުރުން ހޭޑްސް އަށެވެ. މީގެން  ކޮންމެ ގޭމް އަކަށް 2 އެވޯޑް ލިބިފައިވެއެވެ. އަމޮންގް އަސް އަށް ބެސްޓް މަލްޓިޕްލޭޔަރ ގޭމް އަދި ބެސްޓް މޯބައިލް ގޭމްގެ އެވޯޑް ލިބިފައިވާއިރު ފައިނަލް ފެންޓަސީ 7 ރީމޭކް ލިބިފައިވަނީ ބެސްޓް ރޯލް ޕްލޭޔިންގް ގޭމް އަދި ބެސްޓް ސްކޯ އެންޑް މިއުޒިކް ގެ އެވޯޑެވެ.  ގޯސްޓް އޮފް ތުޝިމާ އަށް ލިބިފައިވަނީ ބެސްޓް އާރޓް ޑިރެކްޝަން އަދި ބެސްޓް ޕްލޭޔާރ ވޮއިސް ގެ އެވޯޑެވެ. ހޭޑްސް އަށް ލިބިފައިވަނީ ބެސްޓް އިންޑީ އަދި ބެސްޓް އެކްސަންގެ އެވޯޑެވެ.