"ކޯން ބަނޭގާ ކްރޯޑްޕަތީ"ގައި އެއް ކްރޯޑް ރުޕީސް ކާމިޔާބުކުރި އެންމެ ޒުވާން ކޮންޓެސްޓަންޓަކަށް 14 އަހަރުގެ ކުއްޖެއްކަމަށްވާ 
މަޔަންކް ހޮވިއްޖެއެވެ. އޭނާ އަކީ  ހަރިޔާނާގެ މަހެންދުރަގަރުގެ ކްލާސް 8 ގެ ދަރިވަރެކެވެ.

މަޝްހޫރު ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގައި މިހާތަނަށް ₹ 1 ކްރޯޑް ކާމިޔާބުކުރި އެންމެ ޒުވާން ކޮންޓެސްޓަންޓަކަށް ވުމުން 14 އަހަރުގެ މިކުއްޖާ ވަނީ ތާރީހުގެ ތެރެއަށް ގޮސްފައެވެ. އަމީތާބް ބައްޗަން ހޯސްޓްކުރި އައިކޮނިކް ޝޯގެ 15 ވަނަ އެޑިޝަންގައި 16 ވަނަ ސުވާލަށް ₹ 1 ކްރޯޑް ރުފިޔާއަށް ރަނގަޅަށް ޖަވާބު ދިނުމުން ހަރިޔާނާގެ  މަޔަންކް ވަނީ ޝޯ ބެލުންތެރިން ސިއްސުވާލާފައެވެ.

ޝޯގެ އުފެއްދުންތެރިން އެކްސް ގައި އާންމުކުރި ޕްރޮމޯއަކުން ފެންނަނީ މާޔަންކް މެގަ އިނާމު ހޯދާތަނެވެ. "މުހިންމީ ހަމައެކަނި ތިމާގެ ޢިލްމު،" ޒުވާން މުބާރާތުގައި ބައިވެރިވާ މީހާ ބުނާ އަޑު އެ ވީޑިއޯއިން އިވެ އެވެ. އަދި މިސްޓަރ ބައްޗަން މަޔަންކްގެ އާދަޔާ ހިލާފު ކުޅުމާ ބެހޭ ގޮތުން މައިންބަފައިންނާ ސުވާލު ކުރާ މަންޒަރު ވެސް ޕްރޮމޯއިން ފެނެ އެވެ. "އޭނާ ވަނީ ސްކޫލް ޓީޗަރުންނަށް ވެސް ސްޓްރެސް ދީފަ. ކްލާހުގައި ވެސް އޭނާ އުޅެނީ އަބަދުވެސް ދެ ފިޔަވަޅު ކުރިއަށް،" ބައްޕަ ސަމާސާ ގޮތަކަށް ބުންޔެވެ.

ބޮޑު އިނާމު ހޯދުމަށް ކުރި މަސައްކަތުގައި މާޔަންކް ވަނީ އެއްވެސް ލައިފްލައިނެއް ބޭނުން ނުކޮށް 3.2 ލައްކަ ₹ ކާމިޔާބުކޮށް 12.5 ލައްކަ ރުފިޔާގެ ސުވާލަށް ފުރަތަމަ ލައިފްލައިން ބޭނުން ކޮށް މޮޅު ގޭމްޕްލޭއެއް ވެސް ދައްކާލާފައެވެ.

މަޔާންކް ވަނީ އޭނާގެ ތައުލީމީ ހުނަރު މިޕްލެޓް ފޯމްގައި ދައްކާލުމުގެ ފުރުސަތު ދިނުމުން މައިބަފައިންނަށާއި އަމީތާބް ބައްޗަން އަށް ޝުކުރުއަދާކޮށްފައެވެ.