ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން ކަމުގައިވާ މޯލްޑިވިއަންއިން މިއަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ ލީޑިން ޓްރާންސްޕޯޓް ޕްރޮވައިޑަރކަން ހޯދައިފިއެވެ. މޯލްޑިވިއަން އިން ވަނީ މީގެ ކުރިން ވެސް 2 ފަހަރެއް ގެ މަތިން މި އެވޯޑް ހޯދާފައެވެ.

މިއަހަރުގެ އެވޯޑް ހަފްލާ ބާއްވާފައި ވަނީ އެހެން އަހަރުތަކާއި ހިލާފަށް ވާރޗުއަލް ކޮށް ނަމަވެސް ގިނަ ބަޔަކު ވަނީ މި އެވޯޑް ހަފްލާ ސޯޝަލް މީޑިއާ އަދި އެހެނިހެން ގޮތްގޮތުން ބަލާފައެވެ. އެވޯޑާއި ހަވާލުވެލައްވަމުން މޯލްޑިވިއަން ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާރ ވިދާޅުވި ގޮތުގައި، އޭވިއޭސަން އަދި ޓުއަރިޒަމް އަކީ ގުޅިފައިވާ ދެ ދާއިރާ ކަމަށާއި އެވޯޑް ހާސިލް ވުމުން އެނގިގެން ދަނީ ހިދުމަތް ލިބިގަންނަ ކަސްޓަމަރުން އަދި މޯލްޑިވިއަން ގެ ޕާޓްނަރުން މޯލްޑިވިއަން އަށް އިތުބާރުކުރާ މިންވަރު ކަމަށެވެ.

ޖެނީފާ ވަނީ ކަސްޓަމަރުންނަށް އަދި ޕާޓްނަރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ. ޖެނިފާ އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރަކީ ކިތަންމެހާ ވެސް އުދަނގޫ އަހަރެއް ކަމަށްވިޔަސް މޯލްޑިވިއަންގެ މުވައްޒަފުން އެއްވެސް ވަރުބަލި ކަމެއް ނެތި ވައިގެ މަގުން ދިވެހިރާއްޖެއާއި އެހެން ގައުމު ތަކާއި ގުޅުވާލަދީފައި ވުމުން ހުރިހާ މުވައްޒިފުންނަށްވެސް ފަށްފަށުން ޝުކުރު އަދާކުރައްވާކަމަށެވެ.